ކޮވިޑަށް ޕޮޒިޓިވްވެ ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީ އަށް ފަރުވާ ދެމުން އެބަދެއެވެ.
މުޖުތާޒުގެ އާއިލާގެ މެމްބަރަކު ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
އާއިލާގެ މެމްބަރު ވިދާޅުވީ އޭނާއަށް ކޮވިޑް ޖެހުނުކަން އެނގުނީ ލ. އަތޮޅަށް އާއިލާއާ އެކު ކުރެއްވި ޗުއްޓީ ދަތުރެއްގައި ޓެސްޓް ކުރުމުން ކަމަށެވެ.
"ކޮވިޑަށް ޓެސްޓް ކުރީ ހުން އަންނާތީ. ޓެސްޓް ކުރިރު ވަނީ ޕޮޒިޓިވްވެފައި،" އާއިލާގެ މެމްބަރު ވިދާޅުވި އެވެ.
މިއަދުގެ ވަގުތެއްގައި މުހުތާޒު މާލެ ގެނެސް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދޭން ފަށާފައިވާ ކަމަށް ވެސް އާއިލާގެ މެމްބަރު ވިދާޅުވި އެވެ.
"ހައިރިސްކް ބޭފުޅަކަށް ވާތީ، ދަރުމަވަންތައަށް މި ގެންދިޔައީ. ހާލު އަންނަނީ ރަނގަޅުވަމުން،" އާއިލާގެ މެމްބަރު ވިދާޅުވި އެވެ.
މުޖުތާޒަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް ދެކެވޭ ވާހަކަތައް އާއިލާ އިން ވަނީ ދޮގު ކޮށްފަ އެވެ.
ޝަރުއީ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މުޖުތާޒަކީ އިންތިގާލީ މަރުހަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އައިޝާ ޑޮކިއުމެންޓްރީ: އަމުރަށް ތަބާވާން މީޑިއާތަކަށް އަންގައިފި
ވޯލްޑް ކަޕް 2026: ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯރާގެ ފެނިލުމެއް!
