މެދުނުކެނޑި 100 ގަޑިއިރު ކައްކައިގެން ނައިޖީރިއާއަށް ނިސްބަތްވާ ޗެފެއް ކަމަށްވާ ހިލްދާ އެފިއޮންގް ބެސީ ދުނިޔޭގެ ރެކޯޑެއް މުގުރާލައިފި އެވެ.

ސޯޝަލް މީޑިއާގައި ހިލްދާ ބެސީގެ ނަމުން މަޝްހޫރުވެފައިވާ ހިލްދާ ކައްކަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެފެށި ގޮތަށް އޭނާ ކެއްކުން ހުއްޓާލާފައިވަނީ ހޯމަ ދުވަހު އެވެ.

މި ކެއްކުމުގެ ތެރެއިން ހިލްދާ ވަނީ 55 ރެސިޕީއެއް އަލަށް އުފައްދާ 100 އަށްވުރެ ގިނަ ތަފާތު ކެއުންތައް ތައްޔާރު ކޮށްފައި ކަމަށް ހަބަރުތައް ބުނެ އެވެ.

މީގެ ކުރިން އެންމެ ގިނައިރު ކެއްކުމުގެ އޮތީ 87 ގަޑިއިރާއި 45 މިނެޓް ކެއްކުން ކުރިއަށް ގެންގޮސްގެން އިންޑިއާގެ ޗެފެއް ކަމަށްވާ ލަތާ ޓަންޑަން އަށެވެ.

މިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ހިލްދާ ބުނީ އެ ރެކޯޑު ހަދަން އޭނާ ވިސްނީ ނައިޖީރިއާގެ ކެއުންތަކަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަވާ ކެއުންތަކަކަށް ހެދުމަށްޓަކަ އެވެ.

ތިން ރޭ ތން ދުވާ ނުނިދާ ކެއްކިއިރު ވެސް ހިލްދާގެ މޫނުމަތިން ވަރުބަލިކަން ނުފެންނަ ކަމަށާއި އެކަމުން އޭނާގެ ހިތްވަރު އެނގިގެންދާ ކަމަށް ގިނަ މީހުން ބުނެފައިވެ އެވެ.