މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް ލަވަކިޔުންތެރިޔާ ޝަކީރާއާ މައްލަވަ ކުރަމުން އަންނަ ކަމަށާއި އެކަން ނުކުރުމަށް ޓޮމްއަށް ޝަކީރާ އާދޭސް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ހޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި މިއާމީގައި އޮތް އެފް 1 ރޭސްއެއްގެ ހަފްލާއަކަށްފަހު ޓޮމް އަންނަނީ ޝަކީރާއާ ލޯބީގެ ގޮތުން މައްލަަވަ ކުރަމުންނެވެ.

އެހެން ނަމަވެސް އުމުރުން 60 އަހަރުގެ ޓޮމްގެ އެ އަމަލަކީ ޝަކީރާ މާ ގަޔާވާ ކަމެއް ނޫން ކަމަށާއި އެކަން ހުއްޓާލުމަށް ތަކުރާރުކޮށް ޝަކީރާ އެދިފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

އެގޮތުން އެފް 1ގެ އިވެންޓަށްފަހު ޝަކީރާއާއި ޓޮމްގެ މެދުގައި ކަންތައްތަކެއް ހިނގާ ކަމަށް އަޑު އަރާފައިވީ ނަމަވެސް އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

އޭގެ ފަހުން ޓޮމް ޝަކީރާއަށް މާބޮނޑިއެއް ފޮނުވާފައިވާ ކަަމަށާއި އެހެން ނަމަވެސް ޖަވާބުގައި އެއްވެސް ގުޅުމެއް ބޭނުންނުވާ ކަމަށް ޝަކީރާ ބުނި ކަމަށްވެ އެވެ.

ޝަކީރާ އޭނާގެ ކުރީގެ ބައިވެރިޔާ އަދި ދަރިންގެ ބައްޕަ ޖެރާޑް ޕީކޭއާ ވަކިވެފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެއަށްފަހު އޭނާ ބޭނުންވަނީ ދަރިންނަށް ވަގުތު ދޭން ކަމަށް ހަބަރުތައް ބުނެ އެވެ.