ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 2715 ސާމްޕަލުން އިތުރު 21 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ އިން ޕޮޒިޓިވްވި 17 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި ދެ މީހެއްގެ އިތުރުން މިހާރު އޮޕަރޭޓު ކުރަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި ދެ މީހެކެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13،988 އަށް އަރާފަ އެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 13،238 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މި ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ ޖުމުލަ އަދަދަކީ 694 އެވެ. އަދި އޭގެ ތެރެއިން 44 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލްތަކުގައެވެ.

މި ބަލި ޖެހިގެން ރާއްޖެއިން މިހާތަނަށް 49 މީހަކު ވަނީ މަރުވެފަ އެވެ.