ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައާ އެއްކޮޅަށް ވޯޓު ދިނުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ނެރެފި އެވެ.
މީގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު މަގާމުން ވަކިކުރުމަށް އިދިކޮޅު ހުށަހެޅި މައްސަލައާ ދެކޮޅަށް ވޯޓު ދިނުމަށް ތްރީ ލައިން ވިޕެއް ވެސް ވަނީ ނެރެފަ އެވެ.
އެމްޑީޕީ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ބައްދަލުކުރުމުގައި ވަނީ މިތިން މައްސަލައާ ގުޅޭ ގޮތުން ތްރީ ލައިން ވިޕެއް ނެރެފަ އެވެ.
މަޖިލީހުގެ 50 މެންބަރަކު ސޮއިކުރައްވައި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު އެވެ.
އީވާ މަގާމުން ވަކިކުރަން ނިންމީ އެމްޑީޕީން ބުދަ ދުވަހު ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވުމާ ގުޅިގެންނެވެ. ޕާޓީގެ ދަފްތަރުން އީވާ ވަކިކޮށްފައިވާ ކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގައިފަ އެވެ.
މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީން އީވާ ވަކިކުރަން ނިންމީ އެ ޕާޓީގެ މެމްބަރަކު ނޫން ބޭފުޅަކު މަޖިލީހުގެ ނައިބު ރައީސްގެ ގޮތުގައި އިންނަވައި މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުން ނުވާތީ އެވެ.
ޗާގޯސް މައްސަލާގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލިގެން ދިޔައީ ބަންޑާރަނައިބު ރިއްފަތު އާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިހުމަލު އޮވެގެން ކަމަށް ބުނެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އިދިކޮޅު ފަރާތްތަކުން ވަނީ ވައްދާފަ އެވެ. އެ ދެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމަށް އެ ދެ ވަޒީރުންނަށް މިދިޔަ ހަފްތާގައި ވަނީ 14 ދުވަހުގެ ނޯޓިސް ދީފަ އެވެ.
އިންތިހާބު ނުބާއްވައިފިނަމަ ޕާޓީގެ މަސްލަހަތު ގޯސްވާނެ: ނަޝީދު
މީކާއީލް ފައްޔާޒަށް: ޕާޓީ ހިންގައެއް ނުލެވުނު، ބޭނުމީ ބަދަލެއް
ސާދިމް "ދަބޭކާ ބޯއީ"ގެ ކޭކުތައް މާމީރު!