ކުރީގެބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރްވީން ބާބީގެ ހަޔާތުގެ މައްޗަށް ބިނާ ކޮށްގެން އުފައްދާ ބަޔޮޕިކްއަށް އޭނަގެ ރޯލު ކުޅެން ބަތަލާ އުރްވަޝީ ރޯޓޭލާ އަށް ފުރުސަތު ލިބިއްޖެ އެވެ.
މިކަން ހާމަކޮށްފައިވަނީ އުރްވަޝީ އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި އެވެ. އެޕޯސްޓްގައި ބުނެފައިވަނީ މި ބައޯޕިކް ވާނީ 2005 ގައި މަރުވެފައިވާ ބަތަލާ ފަހުރުވެރިވާނެ ފަދަ ފިލްމަކަން ވާނެ ކަމަށެވެ.
އުރުވަޝީއަކީ މޮޑެލިންގް ދާއިރާއިން ހިންދީ ސިނަމާއަށް ތަޢާރަފްވި ބަތަލާ އެކެވެ.
ޕަރްވީންގެ ހަޔާތަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ވަސީމް އެސް ޚާން އެވެ.
މި ފިލްމަށް ކިޔާނެ ވަކި ނަމެއް ހަމަޖެހިފައިނުވާއިރު ފިލްމުގެ ވާހަކަ ތައްޔާރުކުރަނީ ދީރަޖް މިޝްރާ އެވެ. މިފިލްމުގެ ސޫޓިން ފަށާނެ ދުވަހެއްވެސް ހާމަކޮށްފައިނުވެ އެވެ.
1960 ގެ އަހަރުތަކުގައި ބޮލީވުޑަށް ނިކުތް މަޝްހޫރު އެކްޓްރެސް ޕަރްވީން ބާބީ މަޝްހޫރު ވެގެންދިޔައީ 1970 އާއި 1980 ގެ އަހަރުތަކުގެ ތެރޭގަ އެވެ. އައިކޯނިކް އެކްޓްރެސްއެއްގެ ގޮތުގުގައި ފާހަގަކުރެވޭ މިއެކްޓްރެސް އަކީ ފެޝަން އައިކޮންއެއްވެސް މެއެވެ.
އޭނާގެ ކެރިއަރުގައި ކިތަންމެ ކާމިޔާބު ނަމަވެސް އޭނާއަކީ އަމިއްލަ ދިރިއުޅުމުގައި އެހާކާމިޔާބު އެކްޓްރެސް އެއް ނޫނެވެ. ރިޕޯޓްތައް ބުނާގޮތުން ޕަރްވީންއަށް ވަނީ ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ.
ޕަރްވީން މަރުވެފައި އޮއްވާ ފެނިފައިވަނީ 2005 ވަނަ އަހަރު އެވެ. މަރުވިއިރު އުމުރުން 56 އަހަރުވެފައިވާ ޕަރްވީން ދިރިއުޅެފައިވަނީ އެކަނިމާއެކަންޏެވެ. ބެލެވޭ ގޮތުގައި އޭނާ މަރުވީ ހަކުރުބަލި ކޮންޓްރޯލް ނުކުރެވިގެން ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުންނެވެ.
އޭނަގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ދީވާރު"، "އަމަރު އަކްބަރު އެންތަނީ"، "ސުހާގު"، "ކާލާ ޕައްތަރު"، "ޝާން"، "ކާލިއާ" އަދި "ނަމަކު ހަލާލް" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
ޕަރްވީން އަށް ޖެހިފައިވާ ނަފްސާނީ ބައްޔަކީ ޕެރެނޮއިޑް ޝިޒޮފްރޭނިޢާ. އެބަލި ޖެހުނީ މަހޭޝް ބަޓް އާއި ރައްޓެހިވެގެން އުޅެނިކޮށް. ފަރުވާއަށް އެމެރިކާ އަށްދިޔަ، އޭގެ ފަހުން އެބުރި އިންޑިއާ އައިސް އެކަނި އުޅެނިކޮށް ނިޔާވީ. ޕަރްވީ އަކީ ހިންދީ ސިނަމާއަށް ފެޝަނާއި ހެދުން އެޅުމުގެ އިންގިލާބެއް ގެނައި ތަރިއެއް.