ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 2،422 ސާމްޕަލުން ރާއްޖެއިން އިތުރު 25 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 15 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހުން ކަމަށެވެ.

މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 14،065އަށް އަރާފަ އެވެ.

މި ބަލިން މިހާތަނަށް ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 13،308 އެވެ. އަދި މި ބަލީގެ އެކްޓިވްކޭސްތަކުގެ އަދަދަކީ 701 އެވެ. އޭގެތެރެއިން 47 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެނެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 49 މީހަކު ވަނީ މަރުވެފަ އެވެ.

މި ބައްޔާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި މިހާރު އޮތީ ގއ. ދެއްވަދޫ، ލ. ގަން އަދި ލ. ފޮނަދޫ އެވެ.