ދުނިޔޭގައި އާއްމުކޮށް ބޭނުން ކުރެވޭ އާޓިފިޝަލް ސްވީޓްނާއެއްގައި ކެންސަރަށް މަގުފަހިވާ މާއްދާތަކެއް އެކުލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އިއުލާން ކުރަން އުޅޭ ކަމަށް ހަބަރުތައް ބުނެފި އެވެ.
ސީއެންއެންގައި އާއްމުކޮށްފައިވާ ރިޕޯޓެއްގައި ބުނާ ގޮތުގައި ދުނިޔޭގައި އުފައްދާ ގިނަ ސޯޑާތަކާއި ލުއިކާނާ ތަކުގައި ބޭނުންކުރާ ސްވީޓްނާ އެސްޕާޓެމްއަކީ އިންސާނުންގެ ސިއްހަތަށް ގެއްލުންހުރި މާއްދާތައް އެކުލެވޭ ސްވީޓްނާ އެކެވެ.
މި ސްވީޓްނާ ބޭނުންކުރާ އުފެއްދުންތަކުގެ ތެރޭގައި ދިވެހިންގެ ތެރޭގައި މަގަބޫލު ޑައިޓް ކޯކްއާއި މާސް އެކްސްޓްރާ ޗުއިންގަމްގެ އިތުރުން ވެސް ގިނަ ލުއި ކާނާގެ އުފެއްދުންތައް ހިމެނެ އެވެ.
ޑަބްލިއުއެޗްއޯއިން މި ނިންމުމާ ހިސާބަށް އައިސްފައިވަނީ މިދިޔަ ޖޫން މަހު އެ ޖަމިއްޔާއިން ކުރިއަށް ގެންދިޔަ ދިރާސާތަކަކަށް ފަހު ކަމަށް ސީއެންއެންގެ އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ދިރާސާއަށްފަހު އެސްޕާޓެމްއަކީ އެ ޖަމިއްޔާގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ އުފެއްދުމެއް ކަމަށް ޑަބްލިއުއެއެޗްއޯއިން ވަނީ ކަނޑައަޅާފައިވެ އެވެ.
ޑަބްލިއުއެޗްއޯގެ އެ ނިންމުން މި ޖުލައި މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ބެލެވޭ އިރު މީގެ ސަބަބުން މިހާރު ބާޒާރުގައި ވިކެމުންދާ ގިނަ އުފެއްދުންތަކެއްގެ ވިޔަފާރިއަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ.
ޝޫޓިންގެ ތެރެއިން އަޖޭގެ ލޮލުގެ ފެނުން ގެއްލުނު!
2030 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކޮންކާކަފް އަށް 6 ޖާގަ ލިބޭނެ
މާ އަވަހަށް ފޯނު ބެޓެރީގެ ޗާޖު ދަނީތަ؟