ދޮގު ހެދުމަކީ މިހާރު އަހަރުމެންގެ މުޖުތަމައުގައި އާއްމު ވަމުން އަންނަ ނުރަނގަޅު އާދަ އެކެވެ. މި އާދައިން އެތައް ބައެއްގެ ދިރިއުޅުމަށް އަސަރުކުރާއިރު ދޮގު ހަދާ މީހުންނަށް ސަމާލުވެ ތިބުމަކީ މިހާރު ކުރަން ޖެހިފައިވާ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ ދޮގު ހަދާނަމަ އެމީހެއްގެ ކިބައިން ފެންނާނެ ބައެއް ކަންކަމަށެވެ.

ހަތަރު ކަޅި ހަމަ ނުކުރުން

ދޮގެއް ހަދަން ޖެހިއްޖެނަމަ ގިނަ ފަހަރަށް ކުރިމަތީގައި ހުންނަ މީހާއާ ހަތަރު ކަޅި ހަމައެއް ނުކުރާނެ އެވެ. އެގޮތުން ތިރިއަށާއި ފަރާތް ފަރާތަށް މާ ގިނައިން ބެލުމަކީ އެ މީހަކު ދޮގު ހަދާ ކަމުގެ އަލާމާތެކެވެ.

ހަށިގަނޑުގައި އަތްލުން

ދޮގު ހެދުމަކީ ނޭނގި ނަމަވެސް މީހާ ހާސްކޮށްލުވާ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ކަންފަތް ، ނޭފަތް އަދި އަތަށް ލޭ ދައުރުވާ މިންވަރު މަދުވެ ހަށިގަނޑު ފިނި ވާނެ އެވެ. އެހެންކަމުން ދޮގު ހަދާ މީހަކު ހަށިގަނޑުގެ ބައެއް ގުނަވަންތަކުހައި އަތް ލުމަކީ (ހާއްސަކޮށް ނޭފަތް، އަތް، ކަންފަތް)ގައި އަތްލުމަކީވުން ގާތް ކަމެކެވެ

މާ ގިނައިން ވާހަކަ ދެއްކުން

ދޮގު ހަދާކަމުގައި ވަނީނަމަ އެކަމަކާއ ގުޅިގެން ސުވާލުކުރުމުން އޭނާ ގާތު ނާހާ ސުވާލުތަކުގެ ތަފްސީލު ވެސް ދޭނެ އެވެ. އަދި ދައްކާ ވާހަކަ ބަދަލުކޮށް މަތި އޮއްބާލެވޭތޯ ވަރަށް މަސައްކަތް ކުރާނެ އެވެ.