ނޭޓޯއާ ގުޅުމަށް ސްވިޑްންއިން ކުރަމުން އައި މަސައްކަތަށް ތަފާތު ހުރަސްތައް ކުރިމަތިކުރުމަށްފަހު ތުރުކީން އެންމެ ފަހުން އެކަމަށް ރުހުން ދީފި އެވެ.
ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވިދާޅުވި ގޮތުގައި ސްވިޑްން އީޔޫގައި ބައިވެރިވުމުގެ ހުއްދަ ދިނުމަށް ތުރުކީގެ ޕާލަމެންޓަށް ހުށަހަޅުއްވާނެ އެވެ.
ތުރުކީއިން މިހާތަނަށް އައީ ސްވިޑަންގެ މެންބަޝިޕް ގަބޫލުކުރުމާ ދެކޮޅުހަދަމުންނެވެ.
އުރުދުޣާން ކުރިން ވިދާޅުވެފައިވާ ގޮތުގައި ސްވިޑްން ނޭޓޯގައި ބައިވެރިވުމަށް ތުރުކީއިން އާނ ބަސް ދޭ ގޮތަށް ނޭޓޯގައި ހިމެނޭ އީޔޫގެ ގައުމުތަކުން ތުރުކީން އީޔޫއާ ގުޅުމަށް އާނ ބަސް ބުނަންވާނެ އެވެ. ނަމަވެސް އުރުދުޣާން ފަހުން އެ ވާހަކަފުޅެއް ނުދައްކަވަ އެވެ.
ނޭޓޯގެ ސެކްރެޓެރީ ޖެނެރަލް ވިދާޅުވި ގޮތުގައި އުރުދުޣާން ވަނީ ސްވިޑްންގެ މެމްބަރޝިޕް ގެ މައްސަލަ ވަރަށް އަވަހަށް ޕާލަމެންޓަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ ފާސްކުރުމަށްޓަކައި ޕާލަމެންޓާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި ކަމަށް ސެކެރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވިގޮތުގައި ތުރުކީން ނިންމި ނިންމުމަކީ ތާރީޚި ނިންމުމެކެވެ. އެހެން ނަމަވެސް ސްވިޑްން ނޭޓޯގެ މެންބަރަކަށް ވާނެ ތާރީޚެއް ކަނޑައެޅިގެން ބުނާކަށް ނޭނގެ އެވެ.
ތުރުކީގެ ނިންމުމަށް އެމެރިކާއިން ވަނީ މަރުހަބާ ކިޔައިފަ އެވެ.
ރައީސް ޖޯ ބައިޑަން ވިދާޅުވި ގޮތުގައި ސްވިޑްން އާއި ތުރުކީއާއެކު ނޯތު އެޓްލާންޓިކް ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރަން އެމަނިކުފާނު ހުންނެވީ ތައްޔާރަށެވެ.