އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނަށް މިއަދު ކ. އަތޮޅުގެ ތިން ރަށަކަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
އެމްޑީޕީން ބުނީ މިއަދު ރައީސް ސޯލިހު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ގުރައިދޫ ދާއިރާގެ ރަށްތަކަށް ކަމަށެވެ. އެގޮތުން ފުރަތަމަ ރައީސް ވަޑައިގަންނަވާނީ ކ.ގުޅި އަށެވެ. އެއަށްފަހު ގުރައިދޫ އާއި މާފުއްޓަށް ވަޑައިގަންނަވާނެ އެވެ.
މިދަތުރުފުޅުގައި ކޮންމެ ރަށަކަށް ވަޑައިގެން އެރަށުގައި ހަރަކާތްތެރިވާ އެމްޑީޕީ މެންބަރުންނާއި ބަދަލުކުރައްވާނެ އެވެ.
ކެމްޕޭން ދަތުރުފުޅުގައި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާއެއް މިރޭ މާފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ކެމްޕޭނަށް ރައީސް ވަނީ އިއްޔެ މާލޭގައި ދޮރުން ދޮރަށް ހިންގަވާފަ އެވެ. ރައީސް ދޮރުން ދޮރަށް ވަޑައިގަންވަނާފައި ވަނީ ގަލޮޅުގަ އެވެ.
ރައީސްގެ ރިޔާސީ ކެމްޕޭން ފައްޓަވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ށ. އަތޮޅުންނެވެ. އެގޮތުން ރައީސް ވަޑައިގަންނަވާފައި ވަނީ ށ. ފޯކައިދޫ، ކޮމަންޑޫ، މަރޮށި އަދި ނޫމަރާއަށެވެ. ށ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ކޮންމެ ރަށަކަށް ވެސް ވައުދުތަކެއް ވެވަޑައިގެންނެވި އެވެ.
ބެކަމް އާއިލާގެ ކޯޅުމަށް ނަޒަރެއް: ކާކު ބުނީ ކީކޭ؟
"ބްރޭކިން ބޭންޑް"ގެ ތަރި ގިއަންކާލޯ އިސްލާމް ވެއްޖެ
ޖިންސީ ގޯނާކުރި މީހަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި