ނިންޖަކީ ދުޅަހެޔޮ ސިއްހަތަކަށް ކިހާ މުހިއްމު އެއްޗެއްކަން އެންމެންނަށް ވެސް އެނގޭނެ އެވެ. ހަމަނިދި ނުލިބޭނަމަ ހަށިގަނޑުގެ ހިނގުމަށް ގިނަ ބަދަލުތަކެއް އަންނަ ކަމަށް ހޯދިފައިވެ އެވެ.

އެގޮތުން އަހަރުމެންގެ ދިރިއުޅުމުގައި ވެސް އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮންނަނީ ބަރުދަން އިތުރުވާ މައްސަލަ އެވެ. ދުވަސްގަނޑެއް ކޮށްލާފައި ރައްޓެއްސަކާ ދިމާވެއްޖެނަމަ "ހާދަ ފަލައޭ" ނުބުނާ ފަހަރެއް މަދުވާނެ އެވެ.

މިކަމުގެ އެއް ސަބަބަކީ ވެސް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ނުލިބުން ކަމުގައި ވެދާނެ ކަމަށް 2019 ވަނަ އަހަރު ހެދި ދިރާސާއެއްގައި ވަނީ ބުނެފަ އެވެ.

ޖާނަލް އޮފް ލިޕިޑް ރިސާޗްގައި ޝާއިރުކޮށްފައިވާ އެ ދިރާސާގައި ބުނެފައިވަނީ ނިންޖަކީ އިންސާނާގެ ހަށިގަނޑުގައި ހިމެނޭ ފެޓްއާއި ސަރުބީ ނައްތާލުމަށް މުހިންމު އެއްޗެއް ކަމަށާއި ރަނގަޅަށް ނިދި ނުލިބޭނަމަ މި ހިނގުމަށް ހީނަރު ކަމެއް އަންނަ ކަމަށެވެ.

“ހަށިގަނޑުގައި ސަރުބީގެ ނިސްބަތް އެބަ އިތުރުވޭ އެންމެ ހަތަރު ރޭ ރަނގަޅަށް ނިދި ނުލިބޭނަމަވެސް. ހަށިގަނޑު ފަލަވުމުގެ ފުރުސަތު ބޮޑުވޭ.” ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޑރ ޖޯން ކެނެޑީ ބުނެފައިވެއެވެ.

މިދިރާސާކޮށްފައިވަނީ އުމުރުން 20 އަހަރުގެ 2،000 މީހުން ބޭނުން ކޮށްގެނެވެ. މިދިރާސާކޮށްފައިވަނީ ފަސް މަސް ދުވަހުގެ މުއްދަތަކަށް ބަހާލައިގެންނެވެ.

އެހެން ކަމުން ބަރުދަން އިތުރުވާތީ ކަންބޮޑުވާނަމަ ރޭގަނޑު ގަޑިއަށް ނިދަން އާދަކުރުމަކީ ތިބާގެ ކިބައިގައި އަށަގަންނެވުން ރަނގަޅު އާދަ އެކެވެ.