ރާއްޖޭގެ މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓައިންމަންޓުގެ ކުރިއަށް އޮތް ފިލުމު 'ފުރޭތަ" މިއަހަރުގެ ޑިސެމްބަރުގައި ރިލީޒް ކުރުމަށް ނިންމައިފި އެވެ.

ޑާކް ރެއިން ބުނީ މިއަހަރުގެ ޑިސެމްބަރު ހަތަރެއްގައި "ފުރޭތަ" ރިލީޒްކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިފިލްމު އޮލިމްޕަހުގައި ރިލީޒްކުރުމަށް ނިންމާފައިވާއިރު މިފިލްމުގެ ރަސްމީ ޓްރެއިލާ މިމަހުގެ 17 ގައި ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ.

މި މި ފިލްމަކީ އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. ޗިއްޕެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މި އަހަރުގެ މާޗްގައި މީޑިއާ ނެޓުން ޕްރީމިއާކުރި "ހިނދުކޮޅެއް" އެވެ.

"ފުރޭތަ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އަހުމަދު ސައީދު، އަހުމަދު ރިފްޝާން، އަހުމަދު ނާޝިތު، އަލީ ނަދީހު، އައިމިނަތު އަސީލާ އަދި އާދަމް ރިޒްވީ ހިމެނެ އެވެ.

ޑާކްރެއިނުން ބުނީ މި ފިލްމަކީ 18 އަހަރުން މަތީގެ މީހުންނަށް ތައްޔާރު ކޮށްފައިވާ ފިލްމެއް ކަމަށާއި މި ފިލްމަކީ ރިވެންޖް ތްރިލާ އެއް ކަމަށެވެ.

ޑާކް ރެއިނުން "ފުރޭތަ" ގެ މަސައްކަތްކުރާތާ ދުވަސްކޮޅެއްވެފައިވާ އިރު، މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މީހާތަނަށް ހާމަކޮށްފައެއް އެވެ.