ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން އިތުރު 50 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މިއަދު ޕޮޒިޓިވްވީ މާލެއިން 27 މީހަކާއި އަތޮޅު ތެރެއިން 16 މީހަކާއި ރިސޯޓްތަކުން ހަތް މީހެކެވެ. އެއީ 3،188 ސާމްޕަލް ޓެސްޓް ކުރުމުން ލިބުނު ނަތީޖާ އެވެ.

ރާއްޖެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 14،375 އެވެ. އޭގެތެރެއިން 13،474 މީހަކު ވަނީ ރަނގަޅުވެފަ އެވެ.

މި ބައްޔަށް ރާއްޖެއިން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 845 އެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 61 މީހަކަށެވެ. އަދި އެކަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގަ އެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން 49 މީހަކު ވަނީ މަރުވެފަ އެވެ.