ބޮލީވުޑްގެ އެކްޓަރު އާލިއާ ބަޓްގެ ދަރިފުޅު ރަހާ ކަޕޫރު ފިލްމީ ދާއިރާގައި އެކްޓަރަކަށް ވާން ބޭނުން ނުވާ ކަމަށް އޭނާ ބުނެފި އެވެ.

އާލިއާ މިހެން ބުނެފައިވަނީ ހުކުރު ދުވަހު ބޭއްވި އިވެންޓެއްގެ ތެރެއިން ކުރެވުނު ސުވާލަކަށް ޖަވާބު ދެމުންނެވެ. އާލިއާ ބުނީ އޭނާ ބޭނުންވަނީ ރަހާ ސައިންޓިސްޓަކަށް ވާން ކަމަށެވެ.

"ރަހާ ފިލްމީ މަސައްކަތްތަކުގައި އުޅޭ ތަސައްވުރެއް ނުކުރެވޭ. އަހަންނަށް ފެންނަނީ އޭނާ ސައިންޓިސްޓަކަށް ވާ ތަން. އާލިއާ ބުންޏެވެ.

ރަހާއަކީ އާލިއާއާއި އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރުގެ އަލަތު ދަރިފުޅެވެ. މިދިޔަ ފެބްރުއަރީ މަހު ކައިވެނި ކުރި އެ ދެމަފިރިންނަށް ރަހާ ލިބުނީ ހަމަ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ރަންބީރުގެ އާއިލާ "ކަޕޫރު އާއިލާ" އަކީ ބޮލީވުޑްގައި އެ އާއިލާގެ ފާއިތުވެދިޔަ ހަތަރު ޖީލުގެ މެމްބަރުން ވެސް މަސައްކަތް ކޮށްފައިވާ އާއިލާ އެކެވެ.

އެ އާއިލާގެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ޕްރިތުވީރާޖް ކަޕޫރު، ރާޖް ކަޕޫރު، ރިޝީ ކަޕޫރު އަދި ރަންބީރު ކަޕޫރު ހިމެނެ އެވެ.