1900އާއި 2000ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުން ފެނިގެން ދިޔަ ފަރްދީން ޚާންއާއި އޭނާގެ އަންހެނުން ނަތާޝާ މަދަވްނީ 18 އަހަރަށްފަހު ވަރިވާން އުޅޭ ކަމުގެ އަޑުތައް އަރައިފި އެވެ.

އެ ދެމަފިރިން ވަކިން ދިރިއުޅެމުން އަންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި މިހާރު ދެމީހުން ވެސް ވަރިވާން ބޭނުންވާ ކަމަށް އެ ހަބަރުުތައް ބުނެ އެވެ.

2005 ވަނަ އަހަރު ކައިވެނިކުރި އެ ދެމަފިރިންގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ. އެއީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.

ވަރިވާން ދެމީހުން ވެސް އެއްބަސްވެފައިވާއިރު އެކަމައިގެން ކުރިއަށް ދަނީ ދެ މީހުންގެ ވެސް ރުހުމުގެ މަތިން ކަމަށް އިންޑިއާގެ މީޑިއާ ތަކުން ބުނެފައިވެ އެވެ.

ފަރްދީންއަކީ ކުރީގެ އެކްޓަރު ފީރޯޒް ޚާންގެ ދަރި އެކެވެ. އަދި ނަތާޝާއަކީ ވެސް ބޮލީވުޑްގެ ކުރީގެ ފަންނާނެއް ކަމަށްވާ މުމްތާޒްގެ ދަރި އެކެވެ.