ޕާކިސްތާނުގެ ކަރާޗީގެ ސަރުކާރު ހޮސްޕިޓަލަކުން ފެށިގެން އައި އެޗްއައިވީ ބަލިމަޑުކަމެއްގައި 130 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭތީ އެ ގައުމުގެ ސިއްހީ ނިޒާމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިއްޖެ އެވެ.
މި ބަލިމަޑުކަން ފެތުރެން މެދުވެރިވި ސަބަބުތައް ބެލުމަށް ހެދި ތަހުގީގުތަކުން ދައްކާ ގޮތުގައި، ހޮސްޕިޓަލްތަކުގައި ބަލި ފެތުރުން ހުއްޓުވުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުނުކުރުމާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލަންޖެހޭ ސިރިންޖު ފަދަ ތަކެތި ނުރައްކާތެރި ގޮތެއްގައި ބޭނުންކުރުން ހިމެނެއެވެ. ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި މިއީ ހަމައެކަނި އެއް ހޮސްޕިޓަލެއްގެ މައްސަލައެއް ނޫން ކަމަށާއި، މިއީ މުޅި ގައުމުގެ ސިއްހީ ނިޒާމުގައި އޮތް ބޮޑު އިހުމާލެކެވެ.
މި މައްސަލައާ ގުޅިގެން ޕާކިސްތާނު ސަރުކާރުން ވަނީ ފެންވަރު ދަށް ސިރިންޖު ބޭނުންކުރުން މަނާކޮށް، ބަލިޖެހިފައިވާ ކުދިންނަށް ދިގުމުއްދަތަކަށް ފަރުވާ ދިނުމަށް 2 ބިލިއަން ރޫޕީޒްގެ ފަންޑެއް ގާއިމުކޮށްފަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޕާކިސްތާނަކީ މި ސަރަހައްދުގައި އެންމެ ހަލުވިކަމާއެކު އެޗްއައިވީ ފެތުރެމުންދާ އެއް ގައުމެވެ. އެ ގައުމުގައި ބަލިޖެހިފައިވާ 350,000 އެއްހާ މީހުން ތިބިއިރު، އޭގެ ތެރެއިން ގިނަ މީހުންނަށް ބަލި ހުރިކަން ނޭނގޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އީރާނުން އެމެރިކާ ސިފައިންގެ ދެ މީހަކު މަރާލައިފި
މެސީ އާއި ޔަމާލްގެ ފުރަތަމަ ފެނުން: މެސީއަށް ގަބޫލުކުރަން ދަތި
މާ ގިނައިރު މަސައްކަތް ކުރާނަމަ ސްޓްރޯކްއާއި ހިތުގެ ބަލިތައް ޖެހޭ