ކ. މާފުށި ކައިރީގައި އޮތް ސަފާރީއެއްގައި މިއަދު މެންދުރު ހިނގި އަލިފާނުގެ ހާދިސާއެއްގައި، މީހަކު ފިހިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މާފުށީ ކައިރީގައި ބަނދަރުކޮށްފައި އޮތް "އޯޝަން ޑިވައިން" ސާފާރީގައި ހިނގި ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މެންދުރު 1:24 ގައި ކަމަށެވެ.
އެ ހާދިސާގައި ފިހިފައި ވަނީ ސަފާރީގެ ވެރިޔާ ކަމަށެވެ. އެއީ ބިދޭސީ އެވެ. އަދި ފިހުނު މީހާ ވަނީ ލޯންޗެއްގައި މާފުއްޓަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ 13 ގެސްޓުންނާއި ފަސް ފަޅުވެރިން ތިބި ސަފާރީގައި ރޯވެފައި ވަނީ އިންޖީނު ރޫމުގައި ކަމަށެވެ. މި ހާދިސާގެ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމުގެ އަނދިރި ފަރާތް!
ހިތަދޫ އުތުރު ދާއިރާއިން ޕީއެންސީގެ ތާއީދު ދަށްވެއްޖެ: އައްބާސް
