ލޭޑީ ފިންގާސް އަކީ ވަރަށް ފަސޭހައިން ގޭގައިވެސް ހައްދާލެވޭ، ރާއްޖޭގެ ބާޒާރުންވެސް ފަސޭހަައިން ލިބޭ ވަރަށް ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ ތަރުކާރީގެ ބާވަތެކެވެ.

ސިއްހަތަށް ފައިދާ ހުރި ކޮންމެ އެއްޗަކީ އަނގަޔަށް މީރުއެޗަކަށް ނުވެދާނެ އެވެ. ނަމަވެސް ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއެކު ގިނަ ބަޔަކު ދުވަހުގެ ޑައިޓްގައި މޭވާއާއި ތަރުކާރީ ކުރިއަށް ވުރެން ގިނައިން ބޭނުންކުރާކަމުގެ އެއް ހެއްކަކަށް ވެގެން ދާނީ ބާޒާރުން މިތަކެތި ލިބެން ހުރުމެވެ.

ލޭޑީ ފިންގާސް އަކީ ކެލޮރީގެ އަދަދު މަދު ޕޮޓޭސިއަމް، ވިޓަމިން ބީ، ވިޓަމިން ސީ، ފޯލިކް އެސިޑް އަދި ކެލްސިއަމް ގެ މާއްދާތަށް ގިނަ އަދަދަކަށް އެކުލެވޭ ތަރުކާރީ އެކެވެ. އެހެން ކަމުން މި ތަރުކާރީ ވެފައިވަނީ ސިއްހީ އެތައް ފައިދާތަކެއް ލިބޭ އެއްޗަކަށެވެ.

އެގޮތުން ހަކުރު ބައްޔާއި ކިޑްނީގެ ބަލިތަކަށް ވަރަށް ރަނގަޅު ތަރުކާރީއެއް ކަމުގައި މި ހިމެނެ އެވެ. އާދައިގެ 8 ލޭޑީ ފިންގާސް ގައި ތިން ގުރާމް ފައިބާ އެކުލެވިފައިވާ އިރު ފައިބާއަކީ ބަނޑުހައިވުން ލަސްކޮށް ދިނުމާއި ހަޖަމުކުރުމުގެ ނިޒާމަށް ދުޅަހެޔޮ ކުރުމުގައި ހަށިގަނޑަށް ކޮންމެހެން ބޭނުން މާއްދާ އެކެވެ. ހާއްސަކޮށް އުމުރުން ދުވަސްވަމުންދާ ވަރަކަށް ފައިބާ ހުންނަ ކާނާ ބޭނުންކުރުން މުހިންމެވެ. ލޭޑީ ފިންގާސްގައި ފައިބާއެކޭ އެއްވަރަށް އެންޓި އޮކްސިޑެންޓްވެސް ހިމެނޭތީ އެއީ ސްޓްރެސް އާއި ދެކޮޅަށް ދެވޭ ހަމަލާއެއް ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

މި ތަރުކާރީ އަކީ ކޮލެސްޓްރޯލް ދަށް ކުރުމަށް ވެސް އެހީވެދޭ އެއްޗެކެވެ. ނުބައި ކޮލެސްޓްރޯލް މައްޗަށް ދިއުމަކީ ހިތުގެ ބަލިތަކެކޭ އެއްފަދައިން ހަކުރު ބަލިވެސް ވާރުތަ ކުރާ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ލޭޑީ ފިންގާސް ގައި ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓާއި ފައިބާ އެކުލެވޭތީ ދިގު މުއްދަތުގެ ބަލިތަކުން ދިފާއު ވުމަށް އެހީވެދޭ އެޗެކެވެ.