ޒުވާނުންނާއި ފުރާވަރު ކުދިންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދާފައިވާ ސީރީޒް "ރިވަޑޭލް ހައި" ކާމިޔާބު ހަތް ސީޒަނަށްފަހު ނިންމާލައިފި އެވެ.
ރިވާޑޭލް އެންމެ ފުރަތަމަ ފަށާފައިވަނީ 2017 ވަނަ އަހަރު އެވެ. ހަތް ސީޒަންއަށްފަހު އެ ސީރީޒްގެ އެންމެ ފަހު އެޕިސޯޑު ދައްކާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.
"ރިވަޑޭލް ހައި"ގައި ކިޔަވާ ދަރިވަރުންތަކެއްގެ ހަޔާތް ދައްކުވައިދޭ އެ ސީރީޒްއަކީ ބެލުންތެރިންގެ ލޯބި ލިބުނު މަގްބޫލް ސީރީޒް އެކެވެ.
އެގޮތުން ސީރީޒްގެ މައި ކެރެކްޓަރުން ކަމަށްވާ ބެޓީއާއި އާޗީގެ ލޯބީގެ ވާހަކައަކީ ބެލުންތެރިން އެ ވާހަކައަކަށް އިންތިޒާރު ކުރި ވާހަކަ އެކެވެ.
"ރިވާޑޭލް"އަކީ ދެހާހުގެ ކުރީކޮޅު ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދި "އާޗީ ކޮމިކްސް" ފޮތްތައް އަސްލަކަށް ބަލައިގެން އުފައްދާފައިވާ ސީރީޒް އެކެވެ.
ހަނދާނާއި މާޒީގެ ތެރެއިން އިންސާނާގެ ބުއްދި އޮޅުވާލާ އޮޅުވާލުން!
ކަނޑުއޮޅިން ދަތުރުކުރި ދެ ޓޭންކަރަކަށް އީރާނުން ބަޑި ޖަހައިފި
ޕީއެންސީއަށް 3 ގޮނޑި، 2 ގޮނޑި އެމްޑީޕީ އާއި އަމިއްލަ ކެންޑިޑޭޓް