ހަމަ ނިދި ލިބި ހިތްހަމަޖެހިގެން އެންމެ ފަހުން ހޭލެވުނީ ކޮންދުވަހަކު ކަން ހަނދާން އެބަހުރި ހެއްޔެވެ؟ ނޫނީ ބުރަކަށީގެ ރިހުމާއެކު ހޭލަނީ ކިތައް ދުވަހު ހެއްޔެވެ؟ މި ހުރިހާ ކަމަކާއި ގުޅިފައިވަނީ ތިމާ ނިދަން އޮންނަ ގޮތްކަމަށް ވެސް ވެދާނެ އެވެ.

ނިދާފައި އޮވެވޭގޮތުން ކަނދުރާއަށް ތަދުވެ، އަތުގައި، ކަކުލުގައި ނުވަތަ އުނަގަނޑުގައި ރިހުމަކީ ވެސް އާންމު ކަމެކެވެ.

ބުރަކަށީގައި ރިހޭނަމަ ނުވަަތަ އުނަގަނޑުގައި ރިހޭނަމަ އެއް އަރިއަކަށް ނިދާށެވެ. އެއް އަރިއަކަށް އޮންނަ އިރު ދެ ކަކޫ ދޭތެރެއަށް ބަލީހެއް ލައްވާށެވެ. އަދި އުނަގަނޑު ދަށަށް ވެސް ކުޑަ ބާލީހެއް ލައްވާށެވެ. މިހެން ކަންތައް ކުރުމުން ހަށިގަނޑު ސީދާގެ މައިބަދަ ލެބުމުން ދުރުކޮށްދެ އެވެ.

އަދި އެއް އަރިއަކަށް ކަކޫ ކުރިމައްޗައް ލައްބާލައިގެން އޮތުމުން ވެސް ބުރަކަށީގެ ރިހުން ދުުރުކޮށްދެ އެވެ. އަދި މައިބަދައިގެ ޑިސްކުތަކުގައި މައްސަލަ ޖެހިފައި ތިބޭ މީހުންނަށް ނިދަން ރަނގަޅު ގޮތެެކެވެ.

ގިނަ ބަޔަކަށް ފަސޭހައީ ބަންޑުން ނިދަން އޮތުމެވެ. ނަމަވެސް މިއީ އެކި ގޮތްގޮތުން ތިމާއަށް ގެއްލުންވާ ކަމެކެވެ. މިހެން ނިދުމުގެ ސަބަބުން ކަރަށް ނާރުއަރައި ވާންވެފައި ހުރެ އެވެ. އަދި ބުރަކަށީގެ އެކި މައްސަލަ ހުންނަ ފަރާތްތައް މިހެން ނިދުމުން ރިހުން އިތުރުވެ ހޭލުމަށްފަހު ވެސް ރިހުން ނުފިލާ ހުރެ އެވެ.

ނިދާއިރު އެންމެ ރަނގަޅު ގޮތަކީ އުއްޑުން ކަކޫދަށް ބާލީހެއް ލައިގެން ދިނުމެވެ. މިހެން އޮތުމުން ނިދީގައިވެސް ނޭވާ ލާން ފަސޭހަވެ އެވެ. އަދި ކުޑަ ބަލީހެއް ބުރަކަށި ދަށަށް ލައްވާލައިގެން އުއްޑުން ނިދަން އޮތުމަކީ ރިހުމަށް ބޮޑު ލުއެއް ލިބިގެންދާނެ ކަމެކެވެ.