ކޮވިޑް ޖެހިގެން 77 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު މަރުވެއްޖެ އެވެ.
މިއީ މި ބަލީގައި ރާއްޖެއިން މަރުވި 50 ވަނަ މީހާ އެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑް ޖެހިގެން މަރުވީ މިއަދު ހެނދުނު 9:50ގައި އައިޖީއެމްއެޗްގެ އީއާރަށް އަވަސްފަރުވާ ދޭން ގެންދިޔަ މީހަކު ކަމަށެވެ. އަދި އެ މީހާ 10:14 ގައި މަރުވެފައިވާ ކަމަށް ކަނޑައެޅި ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެ އެވެ.
ރާއްޖެއިން އެންމެ ފަހުން ކޯވިޑް ބަލީގައި މީހަކު މަރުވެފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އެއީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިހާތަނަށް ރާއްޖެއިން މި ބަލީގައި މަރުވެފައިވަނީ 42 ދިވެހިންނާއި 8 ބިދޭސީންނެވެ.
އޮމެގާ 3: ކެއުމުގައި ހިމެނުން މުހިއްމު މާއްދާއެއް!
ވެއްޔާއި ފެން އަދި ގަނޑުފެން އެކީގައި، މިއީ ގުދުރަތުގެ އަޖާއިބެއް
ޓެކްސީތަކަށް ޓެބްލެޓް ގަތުމުގެ ނަމުގައި ބޮޑު ވައްކަމެއް!