ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން ރާއްޖެއިން އިތުރު 53 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
މިއަދުގެ ކޭސްތަކުގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 29 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި ފަސް މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 17 މީހަކާއި ލިވް އެބޯޑް އަކުން ޕޮޒިޓިވްވި އެކަކާއި ތަރައްގީ ކުރަމުން އަންނަ ރިސޯޓަކުން ޕޮޒިޓިވްވި މީހެކެވެ.
ރާއްޖެއިން މިބައްޔަށް މިހާރު ޖުމްލަ 14,765 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި މި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 13,683 އެވެ.
މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1025 އެވެ. އޭގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދަމުން ދަނީ 74 މީހުންނެވެ.
މި ބަލީގައި މިހާނަތަނަށް 50 މީހަކު ރާއްޖެއިން ވަނީ މަރުވަފަ އެވެ. އެންމެ ފަހުން މި ބަލީގައި ރާއްޖެއިން މީހަކު މަރުވީ މިއަދު އެވެ.
ބީޓީއެސްގެ އެނބުރި އައުން: އެއް އަހަރު ތެރޭގައި 34 މަންޒިލަކަށް!
އެމްއޭސީއެލް އިން ސިޔާސީ ގޮތުން ވަޒީފާ ދިން މީހުނަށް 2.1 މިލިއަން
މެތިއުއަށް މަސްތުވާތަކެެތި ވިއްކި ފަރާތް 15 އަހަރަށް ޖަލަށް!
