ކަނ ޑުއަޑިން ފެނުނު ގޮތް ނޭނގޭ ވިދާ "ރަންގަނޑެއް" ދުނިޔޭގެ ގިނަ މެރިން ބައޮލޮޖިސްޓުންއާއި ސައިންސްވެރިން އަޖާއިބު ކޮށްލައިފި އެވެ.

މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ސައިންސްވެރިންނަށް ފެނުނު އެ އެތި ފެނިފައިވަނީ އެެމެރިކާގެ ރަށެއް ކަމަށްވާ އެލެސްކާގެ ރަށް ބޭރުންނެވެ.

އެ އެތިން ސާމްޕަލް ނަގައި އެއީ ކޮން އެއްޗެއްތޯ ދެނެގަތުމަށް ޓެސްޓުތައް ކުރެވެމުން އަންނައިރު މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައިވާކަން އިއުލާން ކޮށްފައެއް ނުވެ އެވެ.

ބަލާބެލުމަށް ގަލަކާ އެކުވެފައިވާ ރަން ކުލައިގެ އެ އެއްޗަކީ ހަރު ވިދާ ޒާތުގެ އެއްޗެކެވެ. އޭގެ ފޮޓޯތައް މިހާރު އިންޓަނެޓުގައި ދަނީ ދައުރުވަމުންނެވެ.

އެއާއެކު ގިނަ ބަޔަކު ވަނީ ކަނޑުއަޑިން ރަން ފެނުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެމީހުންގެ ހިޔާލު ފާޅު ކޮށްފަ އެވެ.

މި ގޮތް ނޭނގޭ އެތީގެ އަސްލު ހޯދުމަށްޓަކައި މެރިން ބައޮލޮޖިސްޓުންގެ އިތުރު ޓީމެއް ކަނޑުއަޑިއަށް ފޮނުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.