ކޮންމެ މީހެއްވެސް އިސްކޮޅާ އެކަށީގެންވާ ބަރުދަނެއްގައި ހަށިގަނޑު ހިފެހެއްޓުމަކީ ދުޅަހެޔޮ ސިއްހަތަކަށް މުހިއްމު ކަމެކެވެ. ފަލަވުމަކީ އެކަމުން ތިމާގެ އެކި ކަހަލަ ބަލިތަކަށް ހުށައެޅިގެންދާ ކަމެއް ވެސްމެ އެވެ.

އެގޮތުން އެމެރިކާގެ ކެންސަރު ސޮސައިޓީއިން ކޮށްފައިވާ ދިރާސާއެއްގައި ވާގޮތުން ވޭތުވެ ދިޔަ 40 އަހަރު ތެރޭގައި ފަލަ ވުމުގެ ސަބަބުން ޒުވާނުންނަށް ކެންސަރު ޖެހުން ގިނަ ވެފައިވެ އެވެ. އަދި އެ ސޮސައިޓީއިންން 1995 ން 2014 އާއި ހަަމައަށް ރެކޯޑް ކޮށްފައިވާ ސިއްހީ ރެކޯޑްތަކުން ކެންސަރު ޖެހުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފަލަވުން ފާހަގަ ކޮށްފައިވެ އެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި ކެންސަރު ޖެހޭ ކޮންމެ 12 މީހުންގެ ތެރެއިން ހަ މީހުންނަށް ކެންސަރު ޖެހުމަށް މަގުފަހިވަނީ ބަރުދަން އިތުރު ވުމުންނެވެ . އެގޮތުން 20 އަހަރާއި 30 އަަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުން ހިމެނެ އެވެ.

ފަލަވުމުގެ ސަބަބުން އުރަމަތީގެ ކެންސަރު، އޯވަރީގެ ކެންސަރު، ލޭގެ ކެންސަރު، ޖެހުމަށް މަގުފަހިވެ އެވެ. މީގެ އިތުރުން ތައިރޮއިޑް، ބަނޑުގެ މައްސަލަތައް، ކިޑްނީގެ މައްސަލަތަށް ޖެހުމަށްވެސް މަގުފަހިވެ އެވެ.

މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުންވެސް ކެންސަރު ޖެހުން ގިނަކަން މި ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.