ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 3،256ސާމްޕަލްތަކުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފި އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މިއަދު 108 މީހަކު ޕޮޒިޓިވްވިއިރު، އޭގެތެރެއިން 79 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އޭގެއިތުރުން ރިސޯޓުތަކުން 23 މީހަކު ޕޮޒިޓިވްވި އިރު ސަފާރީއަކުން އެކަކާއި އަތޮޅުތަކުން ފަސް މީހަކު ޕޮޒިޓިވްވި ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،993 އަށް އަރާފައެވެ. މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 13،849 އެވެ.

މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1086 އެވެ. އޭގެތެރެއިން 80 މީހަކު ފަރުވާ ހޯދަމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.

މި ބަލީގައި މިހާތަނަށް 51 މީހަކު ރާއްޖޭގައި މަރުވެފައި ވެއެވެ. އެންމެފަހުން މީހަކު މަރުވީ މިއަދު އެވެ.