ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއީލް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފި އެވެ.
ހަސަން މިރޭ ވަނީ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާފަ އެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ކޮމިއުނިކޭޝަން ސެކްރެޓަރީގެ މަގާމަށް ހަސަން އައްޔަން ކުރެއްވީ ރައީސް ސޯލިހު މަގާމުގެ ހުވާ ކުރެއްވި ދުވަހު އެވެ.
ހަސަން އަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އެއްބަނޑު އެއްބަފާ ބޭބެއެކެވެ. އޭނާ މަގާމުން އިސްތިއުފާދެއްވިއިރު ދާދިފަހުން ރައީސް ސޯލިހު ވަނީ ރައީސް އޮފީހުގެ ތަރުޖަމާނަށް މުހައްމަދު މަބްރޫކް އަޒީޒު ހަމަޖައްސަވައިފަ އެވެ.
މުރަނގަ ގަހުން ފެނުގެ މައިކްރޯޕްލާސްޓިކް ސާފުކޮށްދޭ: ދިރާސާ
ލަމްއާނަށް ދިނީ ޑިމޯޝަނެއް! އެމްޕީއެލްގެ ބޯޑު މެމްބަރަކަށް
ސައިފްގެ "ކަރްތަވްޔާ" 15 މެއި ގައި ނެޓްފްލިކްސްއަށް އަންނަނީ
