ބޮލީވުޑްގެ ތަރި އަދި ރީތީގެ ރާނީގެ މަގާމް ހޯދާފައިވާ އައިޝްވާރިޔާ ރާއީ އާއި އަބީޝެކް ބަޗަންގެ އަންހެން ދަރިފުޅުގެ ސްކޫލު ފީއަކީ ކިހާވަރެއްކަން އެނގޭ ހެއްޔެވެ؟ އެމީހުންގެ ދަރިފުޅު އަރާދިއާ ބައްޗަން ކިޔަވަމުން އަންނަނީ މުމްބާއީގެ އެންމެ މަޝްހޫރު އެއް ސްކޫލުންނެވެ،

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަރާދިއާ ކިޔަވަން ދަނީ މުމްބާއީގެ ދިރުބާއި އަމްބާނީ އިންޓަނޭޝަނަލް ސްކޫލަށެވެ. އެ ސްކޫލްގެ ފީގެ އަގު އެއް ލައްކަ ރުޕީސް އާއި 10 ލައްކައާ ދެމެދަށް އަރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދިރުބާއީ އަމްބާނީ އިންޓަނޭޝަނަލް ސްކޫލްގައި އެލްކޭޖީއިން ފެށިގެން ގްރޭޑް 7 އާ ހަމައަށް ކިޔަވާ ދަރިވަރުންގެ އަތުން 1.70 ލައްކަ ރުޕީސް ނަގާއިރު، އެ ސްކޫލްގައި ގްރޭޑް 8-10 އަށް ކިޔަވާ ދަރިވަރުންގެ އަތުން 4.48 ލައްކަ ރުޕީސް ނަގަ އެވެ. އަދި ގްރޭޑް 11 އަދި 12 ގެ ކިޔަވާ ދަރިވަރުންގެ އަތުން ނަގާ ފީއަކީ 9.65 ލައްކަ ރުޕީސް އެވެ.

މިސްކޫލުން ބޮލީވުޑްގެ މަޝްހޫރު ފަންނާނުންގެ ދަރިން އަންނަނީ ކިޔަވަމުންނެވެ. އެގޮތުން ޝާހްރުކް ޚާންގެ ދަރިފުޅު އަބްރާމް އާއި ސައިފް އަލީ ޚާން، ކަރިޝްމާ ކަޕޫރު ދަރިން ފާހަގަ ކޮށްލެވެ އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ދަރިންނަކީ މީޑިއާގެ ސަމާލުކަން އަބަދުވެސް ލިބެމުން އަންނަ ބައެކެވެ. އެމީހުން އުޅޭ ނޫޅޭ ގޮތް ބަލާ މީހުން ގިނަ އެވެ.