އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 300 އަށް ވުރެ ގިނަ މުވައްޒަފުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރި މަގާމުތަކުގެ ތެރޭގައި ހިމެނެނީ ސެކިއުރިޓީ، ލޮޖިސްޓިކް އޮފިސަރުން، މެނޭޖަރުން އަދި އޮފިސަރުން ފަދަ މަގާމުތަކެވެ. އެގޮތުން ޖުމްލަ 306 މުވައްޒަފުން އެ ކޮމިޝަނުން ހޯދަން އިއުލާންކޮށްފައިވާ އިރު، މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ކަމަށް އިލެކްޝްންސް އިން މައުލޫމާތުދެ އެވެ.

މަޤާމާއި ބެހޭ ތަފްސީލްތައް އިލެކްޝަނުން ވަނީ ގެޒެޓުގައި ޝާއިރުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރީހެއް އަދި އިލެކްޝަންސް ކޮމިޝަނުން ހާމައެއް ނުކުރެ އެވެ. ދެން އޮންނަ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރާނެ އެވެ. މިހާރު ހިނގަމުންދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ 87 މެންބަރުންނެވެ.

އަންނަ މަޖިލީހުގެ ދައުރުގައި ބައެއް ދާއިރާތަކަށް ކިޔާ ނަންނަމަށާއި، ދާއިރާތަކަށް ވެސް ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ.