ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 4،742 ސާމްޕަލުން އިތުރު 109 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މިއަދު މާލެއިން 78 މީހަކު ޕޮޒިޓިވްވި އިރު، ރިސޯޓުތަކުން 20 މީހަކު ޕޮޒިޓިވްވި ކަމަށެވެ. އަދި އަތޮޅު ތެރެއިން 11 މީހަކު ވަނީ ޕޮޒިޓިވްވިއިރު، ސަފާރީއަކުން އެކަކު ޕޮޒިޓިވި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިހާރު ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވި ޖުމްލަ އަދަދަކީ 15،102 އެވެ. އަދި 13،884 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،160 އެވެ. އޭގެ ތެރެއިން 87 މީހަކަށް ފަރުވާ ދެނޯ ހޮސްޕިޓަލްތަކުގަ އެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން 51 މީހަކު ވަނީ މަރުވެފަ އެވެ.