ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 3،338 ސާމްޕަލުން 145 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 93 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 14 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 36 މީހުންނާއި ސަފާރީ އުޅަނދުތަކުން ޕޮޒިޓިވްވި ދެ މީހެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 15،247 އަށް އަރައިފަ އެވެ. މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 13،916 އެވެ.

މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،273 އެވެ. އޭގެތެރެއިން 93 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.

މިބަލީގައި ރާއްޖެއިން މިހާތަނަށް 51 މީހަކު ވަނީ މަރުވެފަ އެވެ.