މަޝްހޫރު ރިޒް-ކާލްޓަން އާއެކު ފަރި އައިލެންޑްސް އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހު ހުޅުވަން ނިންމައިފި އެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ލަގްޒަރީ ހޮޓެލް ބްރޭންޑްގެ ރިސޯޓެއް ހުޅުވަނީ މާލެ ކައިރީގައި ހިއްކައިގެން ތަރައްގީކުރި ކ. ރަށްފަޅު ހުރާގަ އެވެ. ފަރި އައިލެންޑްސްގެ ނަމުގައި ތަރައްގީކުރާ މިތަނުގައި ރިޒް-ކާލްޓަން މޯލްޑިވްސްގެ އިތުރުން ލަޒްގަރީ އެހެން ދެ ބްރޭންޑެއްގެ ރިސޯޓެއް ހުޅުވަން ނިންމާފައިވެ އެވެ. އެއީ ޕަޓީނާ އަދި ކަޕެއްލާ އެވެ.
އެ ރަށްތައް ތަރައްގީކުރަނީ ސިންގަޕޫރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޕޮންޓިއަކް ލޭންޑުންނެވެ. މިތަނުގައި ރިސޯޓުގެ އިތުރުން މަތީ ފެންވަރު ޔޮޓްމެރީނާއެއް އޮވެ އެވެ. އޭގެ އިތުރުން މަތީ ފެންވަރުގެ ބުޓީކްތަކާއި ރެސްޓޯރަންޓްތައް ވެސް ހުންނާނެ އެވެ.
ރިޒް-ކާލްޓަން އަށް އަންނަ ޓޫރިސްޓުންނަށް މަރުހަބާ ކިޔާނީ ދިވެހިންގެ ސަގާފަތާ އެއްގޮތަށް ސަންގު ފުމެގެންނެވެ. މި ރިސޯޓުގައި 11 ވަނަ ގަރުނުގައި ދިވެހިން ދިރިއުޅުނު ގޮތް ދައްކުވައިދޭ ހަރަކާތްތަކެއް ހިންގަން ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން ތާޒާ ކަނޑުމަހާއި ފަރުމަހުގެ އިތުރުން ހެނދުނު ނާސްތާއަށް ދިވެހިން އާއްމުކޮށް ކެއުމަށް ބޭނުންކުރާ ބާވަތްތައް ވެސް ހުންނާނެ އެވެ. އަދި ހަވީރު ސަޔަށް ދިވެހިން ތައްޔާރުކުރާ ހެދިކާ ވެސް ހުންނާނެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) އިން ފުރައިގެން ސްޕީޑް ލޯންޗުގައި 50 މިނެޓުން ދެވޭ ރާސްތާގައި ހުޅުވާ ފަރި މޯލްޑިވްސްގައި 100 އޯވަ ވޯޓާ ވިލާ ހުރެ އެވެ. އަދި ތަފާތު ފަސް ރެސްޓޯރެންޓާއެކު ހުޅުވާ މި ރިސޯޓުގައި އެހެނިހެން ގިނަ ވަސީލަތްތައް ވެސް ވަނީ ތަރައްގީކޮށްފަ އެވެ.
ރިޒް ކާލްޓަންއިން 30 ގައުމެއްގައި 108 ލަގްޒަރީ ހޮޓާ ހިންގަ އެވެ.