ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 3،677 ސާމްޕަލްތަކުން އިތުރު 143 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 112 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި ހަތް މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 24 މީހެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް ވަނީ އިތުރުވާން ފަށާފަ އެވެ. އެގޮތުން މިހަފްތާގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތައް 100 އިން މައްޗަށް އަންނަނީ އަރަމުންނެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 15،390 އަށް އަރާފަ އެވެ. އަދި މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 13،966 އަށް އަރާފަ އެވެ.

މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،366 އެވެ. އޭގެތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާ ދެނީ 101 މީހަކަށެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 51 މީހަކު ވަނީ މަރުވެފަ އެވެ. އެއީ 44 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.