ދުވާލެއްގެ މައްޗަށް މަދުވެގެން ދެ ގަޑިއިރު ކޮޅަށްހުރުމަކީ ސިއްހީ ގޮތުން ގިނަ ގުނަ ފައިދާތަކެއް ލިއްބައިދޭނެ ކަމެއް ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

އެ ދިރާސާގައި ބުނާ ގޮތުން ދުވާލަކު މަދު ވެގެން ތިނެއް ނުވަތަ ހަތަރު ގަޑިއިރު ކޮޅަށް ހުންނަން ޖެހެ އެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ދުޅަ ހެޔޮކަން އިތުރުކޮށްދީ ހަށިގަނޑު "ފިޓް" ކޮށްދެ އެވެ. ހަމަ އެއާއެކު ހަކުރު ބައްޔާއި ފަލަބަލި އަދި ބޯހާސް ކަމުން ވެސް މީހާ ސަލާމަތް ކޮށްދެ އެވެ.

އެހެންކަމުން، މަސައްކަތް ކުރާ މާހައުލުގައި ވެސް "ސިޓް-ސްޓޭންޑު ޑެސްކު" ބެހެއްޓުން މުހިއްމެވެ. އޭގެ ސަބަބުން މުވައްޒަފުން ބޭނުން ގަޑިއަކު ކޮޅަށް ތެދުވެ އަދި އިށީނދެ އިނދެ މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެ ދިރާސާގައި ބުނާ ގޮތުން، އޮފީސްތަކުގެ ވެރިން ވެސް މުވައްޒަފުންނަށް އެ ފަދަ މާހައުލެއް ގާއިމު ކޮށްދިނުން ވަރަށް މުހިއްމެވެ. އަދި އެއީ އެއް ގޮތަކަށް ވެސް ކަސްރަތު ނުކުރާ މީހުންނަށް ވެސް ވަރަށް ފައިދާ ހުރި ކަމެއްކަމަށް ދިރާސާ އިން ދައްކަ އެވެ

ހަމަ އެއާއެކު، ކޮންމެ 30-40 މިނިެޓުން އިށީނދެ އިންނަ ގޮތް ނުވަތަ ޕޯސްޗާ ބަދަލު ކުރުމަކީވެސް ބުރަކަށީގައި ރިއްސުމާއި މަސްތަކުގައި ރިއްސުން އަދި މޫނު މައްޗަށް އަނދިރި ވުމުން ވެސް ދުރުކޮށްދޭނެ ކަމެއް ކަމަށް ދިރާސާ އިން ދައްކަ އެވެ.