ކޮންމެ ދުވަހަކީ ވެސް އުފެއްދުންތެރި ދުވަހަކަށް ހަދަން އަހަރުމެން އަޒުމު ކަނޑައަޅަމެވެ. ދުވަހުގެ ކަންތައް ރާވާލައި ވަގުތަށް އެކަންކަން ނިންމަން ހިތުލަމެވެ. ނަމަވެސް ވަގުތު އައިސް ޖެހުމުން ހަށިގަނޑަށް ވަރުބަލިކަން ވެރިވެގަނެ އެވެ. ގޮނޑިން ތެދުވާނެ ހިތްވަރު ނުލިބި މޫޑު ނެތިފައި އިންނަން ޖެހެ އެވެ. މިހެން ދިމާވާ ބައެއް ސަބަބުތަކަށް ބަލާލާނަމެވެ.

ނިދި މަދުވުން

މާބޮޑަށް ވަރުބަލިވާން ދިމާވާ އެންމެ މައިގަނޑު އެއް ސަބަބަކީ ނިދި މަދުވުމެވެ. އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންނަށް ދުވާލެއްގެ މައްޗަށް ހަތް ގަޑިއިރު ނުވަތަ އެއަށްވުރެ ގިނައިރުގެ ނިދުން ބޭނުންވާއިރު އެ މިންވަރަށް ނިދި ނުލިބި ނިދިން މަހުރޫމު ވާނަމަ ވަރުބަލިވެ ހަށިގަނޑުން ވަރުދޫވެފައި ހުންނަ އިހުސާސެއް ކުރެވިދާނެ އެވެ. ހަމައެޔާއެކު ނިދި ހަމަނުވުމުން ފަލަބަލި ޖެހުމާއި ލޭ މައްޗަށް ދިއުމާއި ޑިޕްރެޝަންގެ އިތުރުން ހިތުގެ ބަލިތަކާއި ސްޓްރޯކަށް މަގުފަހިވާކަމަށްވެސް ދިރާސާތަކުން ދައްކަ އެވެ.

މާބޮޑަށް ސްޓްރެސްވުން

ދިރިއުޅުމުގައި ސްޓްރެސްއާއި ކުރިމަތިލާންޖެހިދާނެ އެތައް ސަބަބެއްވެ އެވެ. ވަޒީފާއާއި ފައިސާގެ މައްސަލަތަކާޢި ޒާތީ އަދި އާންމު ދިރިއުޅުމުގެ އެކި ހާދިސާތައް ވެސްމެ އެވެ. ސްޓްރެސްގެ ސަބަބުން އެމެޖެންސީއެއްގައި ހަށިގަނޑުން ބޭނުންކުރަން ހުންނަ ފައިޓް އަދި ފްލައިޓް ކެމިކަލްތައް ބޭރުކުރެ އެވެ. ސްޓްރެސްގެ ސަބަބުން ބޮލުގައި ރިއްސާ މައިގްރެއިން ފަދަ މައްސަލަތައް ކުރިމަތިވާނަމަ ފަސޭހަކޮށް ނުނަގާ ހަށިގަނޑު ހަމަޖައްސާލަން ވަގުތުކޮޅެއް ނެގުން މުހިއްމެވެ.

ސިއްހީ މައްސަލައެއް ހުރުން

ކުރިން ބުނެވުނު ހުރިހާ ބަދަލުތައް ދިރިއުޅުމަށް ގެނެސްގެން ވެސް ވަރުބަލިވުން ދުރަށް ނުދާނަމަ އެއީ ހީކުރާ ވަރަށްވުރެ ސީރިއަސް މައްސަލައެއް ކަމުގައި ވެދާނެ އެވެ. މިގޮތުން އެނީމިއާ ތައިރޮއިޑް ހަކުުރު ބަލު ޔޫރިން މައްސަލަތައް، ހިތުގެ ބަލިތައް ބަލިވެއިނުން ވިޓަމިންޑެފިޝަންސީ މިއީ ހައްތަހާވެސް ދިމާވެދާނެ ސިއްޚީ މައްސަލަތަކެކެވެ.