އީރާނުގެ މުދާ އުފުލާ އުޅަނދަކަށް ޔޫކްރެއިނުން ދިން ހަމަލާއަށް ރައްދު ނުދީ ދޫކޮށްނުލެވޭނެ ކަމަށް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު އީރާނުން ހާމަކުރި ގޮތުގައި، ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އެ ގައުމުގެ ވިޔަފާރި އުޅަނދަކަށް ދިން މި ހަމަލާގައި އެއްޗެއް ގޮވައި، އެކަކު މަރުވެ އިތުރު މީހަކަށް ވަނީ އަނިޔާވެފަ އެވެ.
އަރަގްޗީ މިހެން ވިދާޅުވީ ވިލާތުގެ އިއްތިހާދުގެ ހާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޔާ ކަލަސް އަދި ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވްއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. މިކަމާ ގުޅޭ ތަފްސީލު އޭނާ ވަނީ 'އެކްސް' މެދުވެރިކޮށް ހިއްސާކުރައްވާފަ އެވެ.
ރަޝިޔާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހަމަލާގައި ފުރާނަ ގެއްލުނު ފަރާތުގެ އާއިލާއަށް ލަވްރޯވް ވަނީ ތައުޒިޔާ ފޮނުއްވާފަ އެވެ. އަދި އެ އުޅަނދު ދަތުރު ފެށި ރަޝިޔާގެ އަސްޓްރާހާން ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން، އުޅަނދުގެ ފަޅުވެރިންނަށް ފޯރުކޮށްދިން އެހީތެރިކަމަށް އަރަގްޗީ ޝުކުރު އަދާކުރެއްވި ކަމަށްވެސް އެ ބަޔާނުގައިވެއެވެ. މީގެއިތުރުން، ޔޫކްރެއިނުގެ މިފަދަ ނުރައްކާތެރި އަމަލުތަކަށް ނިމުމެއް ގެންނަންޖެހޭ ކަމަށް އީރާނުގެ ހާރިޖީ ވަޒީރު ބާރުއަޅުއްވައި ވިދާޅުވި އެވެ.
މީގެއިތުރުން، މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށްޓަކައި އީރާނުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކާ ބެހޭ މައުލޫމާތުވެސް އަރަގްޗީ ވަނީ ލަވްރޯވްއާ ހިއްސާކުރައްވާފަ އެވެ.
ސީރިޔާ އިން އިޒްރޭލާއެކު ސަލާމަތީ އެއްބަސްވުމަކަށް ތައްޔާރުވަނީ
ހަތިޔާރު މަދުވި ކަމަށް ބުނާ ވާހަކަތައް ޓްރަމްޕް ދޮގުކުރައްވައިފި
އިންފޮމޭޝަން ކޮމިޝަނަރަކަށް ހުންނެވީ އިދިކޮޅު ބޭފުޅެއް: ރައީސް
