ރެއަކާދުވާލު އަށް ގަޑިއިރުގެ ނިންޖަކީ ހަމަ ކޮންމެ އިންސާނަކަށްވެސް ބޭނުންވާ އެއްޗެކެވެ. ނިދި ފުރިހަމައަށް ނުލިބިއްޖެނަމަ ހަށިގަނޑަށް ގިނަ ބަދަލުތަކެއް ގެނުވަ އެވެ.

ކެންސަރަށް މަގުފަހިވުން

ހަމަ ނިދު ނުލިބުމުގެ ސަބަބުން އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިވެގެންދެ އެވެ. ކެންސަރަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން އެންމެ އާއްމު ބައްޔެވެ. ނިދުމަށް ފަރުވާކުޑަ ކޮށްފިނަމަ މިކަމަށް ދޮރު ހުޅުވެ އެވެ.

ހަނދާން ބަލިވުން

ރަނގަޅަށް ނުނިދޭ ނަމަ މުހިއްމު ކަންތައްތައް ހަނދާން ނެތޭ ގޮތްވެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރޭގަނޑުގެ ނިދި ފުރިހަމަ އަށް ނުލިބޭނަމަ "ޝޯޓް ޓާމް މެމޮރީ ލޮސް"އަށް މަގުފަހިވެ އެވެ.

ވިސްނުން ކޮށިވުންވަ

ޒީފާގެ މާހައުލު ނުވަތަ ސްކޫލުގެ މާހައުލުގައި މަސައްކަތް ކުރާ އިރު ނޫނީ ކިޔަވާ އިރު ރަނގަޅަށް ނުވިސްނުމަކީ ނިދި ހަމަނުވުމުގެ ސަބަބުން މެދުވެރިވާ ކަމެކެވެ. އަބަދުވެސް ނިދިއައިސް ހުރެ ނިދި މޫޑްގައި މަސައްކަތް ކުރަން ޖެހުމަކީ މަސައްކަތް ކުރެވޭ މިންވަރު ދަށްވާ ކަމެކެވެ.

ބަރުދަން އިތުރުވުން

ބޭރުގެ ޔުނިވާސިޓީ އަކުން 21469 ޒުވާނުން ބޭނުން ކޮށްގެން ހެދި ދިރާސާއެއްގައި ދައްކާ ގޮތުން ރޭގަނޑު ފަސް ގަޑިއިރު ނިދާ ކުދިންގެ ބަރުދަން އަށް ގަޑިއިރު ނިދާ ކުދިންގެ ބަރުދަނަށްވުރެ އިތުރެވެ. ނަތީޖާއަކަށްވަނީ ސިއްހީ މައްސަލަތައް ދިމާވެ 'އޮބީސިޓީ' އަށް މަގުފަހި ވުމެވެ.