މޫނުގައި ބިހި ނެގުމަކީ އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ހާއްސަކޮށް އަންހެނުންނެވެ. މޫނުގެ އެކި ހިސާބުތަކުގައި ނަގާ ބިހި ތަފާތުވާއިރު އެ ހިސާބުތަކުގައި ބިހި ނަގަން މެދުވެރިވާ ސަބަބުތައް ވެސް ތަފާތެވެ.

ނިއްކުރި

ނިއްކުރީގައި ބިހި ނަގަނީ ހަޖަމް ކުރާ ނިޒާމްގައި މައްސަލަ އުޅޭތީ އެވެ. ހާއްސަކޮށް ތެޔޮގިނަ ކާނާ ބޭނުން ކުރުމުން ހަޖަމް ކުރުމަށް އުދަނގުވެއެވެ. މި ފަދަ މައްސަލައެއް އެޅޭނަމަ، ގިނައިން އެންޑިއޮކްސިޑެންޓް ކާނާ ބޭނުން ކުރާށެވެ. މިސާލަކަށް، ގްރީން ޓީ، ލުނބޯ ފަނި، ނުވަތަ ބެރީސް ގިނައިން ކާށެވެ.

ނޭފަތް

ނޭފަތް ރަމްޒުކޮށް ދެނީ ހިތެވެ. ހާއްސަކޮށް ބްލަޑް ޕްރެޝަރު މަތިވެ އަދި ސްޓްރެސް ވާނަމަ ނޭފަތުގައި ބިހި ނަގައެވެ. އެހެންނަމަ ހިތްހަމަޖެހޭނެ ފަދަ ކަމެއް ކުރެވިދާނެ އެވެ.

ބުމަ

ބުމައިގައި ބިހި ނަގަނީ ޗިސްމޭގައި މައްސަލަ އުޅޭތީ އެވެ. މާ ގިނައިން ސަރުބީ ހިމެނޭ ކަނާ، ނުވަތަ ރާ ހިމެނޭ ބުއިންތައް ބޭނުން ކުރާނަމަ ލިވާރ ގައި މައްސަލަ ޖެހެއެވެ.

ކޯތާފަތް

ކަނާތް ފަރާތު ކޮލުގައި އަދި ވާތް ފަރާތު ކޮލުގައި ބިހި ނަގަނީ ދެ ސަބަބަކާހުރެ އެވެ. ވާތް ފަރާތު ކޮލުގައި ބިހި ނަގަނީ ފުއްޕާމޭ ގައި މައްސަލަ އުލޭތީ އެވެ. އެލާޖީއެއްގެ ސަބަބުން ނުވަތަ މާގިނައިން ދުންފަތުގެ އިސްތިއުމާލު ކުރުމުން ވެސް ކޮލުގައި ބިހި ނެގުމުގެ ފުރުސަތު ބޮޑުވެ އެވެ.

ތުންފަތް ކައިރި އަދި ދަތްދޮޅި

ތުންފަތް ކައިރީގައި ނުވަތަ ދަތްދޮޅީގައި ބިހި ނަގަނީ ބަނޑުގެ މައްސަލަ އުޅޭތީ އެވެ. ވީމާ ތައްޔާރީ ކާނާ ދޫކޮށްލާ ފައިބާ ލިބޭ ކާނާތައް ގިނައިން ބޭނުން ކުރާށެވެ. އެގޮތުން މޭވާ އާއި ތަރުކާރީ ގިނައިން ހިމެނޭ ކާނާ ބޭނުން ކުރާށެވެ.