އިނގުރަކީ އަހަރުމެންގެ ކެއްކުމުގައި ވަރަށް ގިނައިން ބޭނުން ކުރެވޭ ބާވަތެކެވެ. ކުރިން ނޭނގި އޮތް ކަމަކީ ކެއްކުމަށްވުރެ ރޮލަށް އިނގުރު ބޭނުން ކުރުމަކީ އެއިން ލިބޭ ފައިދާ އިތުރުވާ ކަމެއް ކަމެވެ.

އަނގައިގެ ސިއްހަތު ރަނގަޅު ކޮށްދޭ

އިނގުރުފެން ނުވަތަ އިނގުރު ސައި ބުއިމަކީ އަނގައިގެ ސިއްހަތު ރަނގަޅު ގޮތުގައި ބެހެއްޓުމަށް އެހީވެދޭ ކަމެކެވެ. އެގޮތުން ހިރުގަނޑުގެ ބަލިތަކާއި އަނގައިގެ ކެންސަރުން ދުރުކޮށްދީ ދަތްޕިލައިގެ ހުދުކަން ދަމަހައްޓައިދެ އެވެ.

ބޯއެނބުރުމާއި ހޮޑުލެވުމަށް ހައްލެއް

މާާބަނޑު ދުވަސްވަރު ހޮޑު ލަވައި ބޯއަނބުރާނަމަ ރޮލަށް އިނގުރު ކޮޅެއް ކާލުމަކީ ގިނަ ބަޔަކު ލަފާދޭ ކަމެކެވެ. މިފަދަ ކަންކަމަށް އިނގުރުން ލިބޭ ފައިދާއަކީ ސައިންސްއިން ސާބިތުވެފައިވާ ފައިދާ ތަކެކެވެ.

ހުޅުތަކުގައި ރިހުން ކުޑަކޮށްދޭ

އިނގުރުގައި އެންޓި އިންފްލިމޭޓަރީ މާއްދާތަކެއް ގިނަ އަދަދަކަށް އެކުލެވުމުގެ ސަބަބުން ދުޅަވުން ކުޑަކޮށްދެ އެވެ. އަދި ރާއްޖެ ބަލި ފަދަ ބަލިތަކުގެ ސަބަބުން ހުޅުތަކުގައި ރިއްސާ ރިއްސުން ކުޑަ ކޮށްދެ އެވެ.