ޕީސީއޯއެސް އަކީ ދިވެހި މުޖުތަމައުގެ އަންހެނުންގެ މެދުގައި ވަރަށް އާއްމު ބައްޔެކެވެ. މިއީ ބަރުދަން ލުއިކުރުމަށް އުނދަގޫކުރުވާ ބައްޔެއް ކަމުން ޕީސީއޯއެސް ތަހައްމަލު ކުރަމުންދާ ނަމަ ބަރުދަން ލުއި ކުރަން އިތުރު މަސައްކަތެއް ކުރަން ޖެހޭނެ އެވެ. އެހެން ކަމުން މިލިޔުމުގައި ޕީސީއޯއެސް އާއެކު ބަރުދަން ލުއި ކުރަން ކުރެވިދާނެ ބައެއް ކަންކަމަށް ބަލާލާނަމެވެ.

ކެއުމުގައި ފައިބާ ގިނަ ކުރުން

ކެއުމުގައި ފައިބާ ގިނަ ކުރުމަކީ ހަށިގަނޑުގެ ހަޖަމު ކުރުމުގެ ނިޒާމުގެ މަސައްކަތުތައް ރަނގަޅު ކޮށްދީ ބަނޑު ހިންދާލުމަށް އެހީވެދޭނެ ކަމެކެވެ. އެހެން ކަމުން ކޮންމެ ނާސްތާއެއްގައި ވެސް ފައިބާ އެކުލެވޭ ކެއުމެއް ހިމެނުމަކީ މުހިއްމު ކަމެކެވެ. މީގެ ތެރޭގައި ބަދަނާއި ގޮދަނުގެ ބާވަތްތައް ހިމެނެ އެވެ.

ޕްރޮޓީންސް ގިނަ ކުރުން

ޕީސީއޯއެސް އާއެކު ބަރުދަން ލުއި ކުރަން މަސައްކަތް ކުރާނަމަ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ރަނގަޅަށް ބޭނުން ކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ކޮންމެ ނާސްތާއަކާ އެކުވެސް ޕްރޮޓީންސް ލިބިދޭ ބާވަތެއް ހިމަނަން ވާނެ އެވެ. މީގެ ތެރޭގައި ބިސް އަދި މަސް ހިމެނެ އެވެ.

ކަސްރަތު ކުރުން

ހެލިފެލިވެ ކަސްރަތުކޮށް އުޅުމުގައި ތަޖުރިބާކާރެއްގެ ލަފާ ހޯދުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ބަރުދަން ލުއި ކުރުމުގެ ތާވަލް އެކުލަވާލާއިރު ޕާސަނަލް ޓްރެއިނަރެއްގެ އެހީ ހޯދުން ބުއްދިވެރި އެވެ. އެއީ އެފަދަ ފަރާތްތަކަށް ތިބާގެ ހާލަތަށް ބަލައިގެން ވޯފް އައުޓް ޕްލޭން ހަދަން އެނގޭނެތީ އެވެ.