ސިނގިރޭޓާއި ހީޓެޑް ޓޮބޭކޯ އުފެއްދުންތަކުގެ ޑިއުޓީ ރޭޓު ކުޑަކުރުމުގެ ކުރިން ރާއްޖެއަށް އެެތެރެކުރި ސިނގިރޭޓު ކޮންޓޭނަރުތަކަށް ކުޑަ ރޭޓުގައި ޑިއުޓީ ނެގުމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް އޮފީހުގެ ލަފައަކަށް އެދިފައިވާކަން އެނގިއްޖެ އެވެ.
މި މަހުގެ 3 ވަނަ ދުވަހު އެއް ބިލް އޮފް ލޭޑިން (ބީއެލް) އެއްގެ ދަށުން ރާއްޖެ އެތެރެކުރި ސިނގިރޭޓު ދެ ކޮންޓެއިނަރަކަށް، ޑިއުޓީގެ ގޮތުގައި 76 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. ނަމަވެސް ގާނޫނަށް ގެނައި ބަދަލާއެކު ޑިއުޓީ ކުޑަވުމުން، އެ އިމްޕޯޓަރު ވަނީ ކަސްޓަމްސްގެ އިސްވެރިންނާ ގުޅިގެން ކުރިން ހުށަހެޅި ފޯމު ކެންސަލްކުރުވައިފަ އެވެ. އަދި އޭގެ ފަހުން ކުޑަ ރޭޓެއްގައި އަލުން ފޯމު ހުށަހަޅާފައިވެ އެވެ.
މީގެ ސަބަބުން ދައްކަންޖެހޭ ފައިސާގެ އަދަދު 38 މިލިއަން ރުފިޔާއަށް ކުޑަވެގެންދާއިރު މިއީ ކަސްޓަމްސްގެ ލީގަލް ސެކްޝަނުގެ ލަފަޔާ ވެސް ހިލާފަށް ކޮށްފައިވާ ކަމެއްކަން ވަނީ އެނގިފަ އެވެ.
ކަސްޓަމްސްގެ ގަވާއިދުގައިވާ ގޮތުން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެންނަ އިސްލާހަކަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖެއަށް އެތެރެކޮށް، ފޯމު ހުށަހަޅާފައިވާ މުދަލަކުން، އައު ރޭޓުން ޑިއުޓީ ނެގުމަށްޓަކައި ފޯމު ކެންސަލްކުރުމުގެ ބާރެއް ކަސްޓަމްސްއަކަށް ނޯންނާނެ އެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ނުވަތަ ތުހުމަތުކުރެވޭ ބޭފުޅުންގެ ބަހެއް އަދި ލިބޭގޮތެއް ނުވެ އެވެ.
ނުހައްގުން ވަޒީފާއިން ވަކިކޮށްފައި ނުވާނެ: ފަލާހު
އަމީނީ މަގުގެ ތާރުގެ ފެންވަރު ދެނެގަތުމަށްޓަކައި ސާވޭއެއް ކޮށްފި
ފެނަކައަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަންނަން އަންގައިފި