ރާއްޖޭގެ ދެކުނުން 300 މޭލު ދުރުގައި އޮންނަ ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ހަވާލު ކުރުމުގެ ޕްލޭނަށް އަމަލުނުކުރަން އިނގިރޭސިވިލާތުން ނިންމައިފި އެވެ.
އިނގިރޭސިވިލާތުގެ ކެބިނެޓަށް ދާދި ފަހުން ގެނައި ބަދަލުތަކަކާއެކު އަލަށް މަގާމާ ހަވާލުވެ ވަޑައިގެންނެވި ޑިފެންސް މިނިސްޓަރު ނިންމަވާފައި ވަނީ ޗާގޯސްގެ ރަށްތައް ކުރިން ހަމަޖެހިފައިވާ ގޮތަށް މޮރިޝަސްއާ ހަވާލު ނުކުރުމަށެވެ. މި ނިންމުން ނިންމުމުގައި ފޮރިން މިނިސްޓަރެއްގެ ގޮތުގައި އަލަށް ސަރުކާރާ ގުޅިވަޑައިގެންނެވި ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަންގެ ދައުރު ވެސް ވަރަށް ބޮޑު ކަމަށް އިނގިރޭސި ނޫސްތަކުން ބުނެ އެވެ.
އިނގިރޭސިވިލާތުން ދެކޭ ގޮތުގައި ޗާގޯސްގެ ރަށްތަކުގެ ތެރޭގައި ހިމެނޭ ޑިއާގޯ ގާސިއާއަކީ ސަލާމަތީ ގޮތުން ބަލާއިރު ދޫކޮށްލެވެން އޮތް ރަށެއް ނޫނެވެ. އެ ރަށުގައި އިނގިރޭސިން ބިނާކޮށްފައިވާ ހަނގުރާމަ މަތީ މަރުކަޒުގައި މި ވަގުތު ގާއިމުވެ ތިބެނީ އެމެރިކާ ސިފައިންނެވެ. އެ ރަށް ވަނީ އެމެރިކާ އަށް ކުއްޔަށް ދީފަ އެވެ.
މޮރިޝަސް އަށް ޗާގޯސްގެ ރަށްތައް ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ރާވާފައިވާ ރޭވުން ބަދަލުކުރުމުގައި މައިގަނޑު ސަބަބެއް ކަމުގައި ބުނެފައި ވަނީ މޮރިޝަސް އާއި ޗައިނާއާ އޮންނަ ގުޅުމެވެ.
ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުނުކުރަން ނިންމިއިރު އިނގިރޭސި ސަރުކާރުން ވަނީ އެ ރަށްތައް ހަވާލުކުރުމަށް ފަހު ޑިއާގޯ ގާސިއާ ވަކި މުއްދަތަކަށް ކުއްޔަށް ހިފުމުގެ އެއްބަސްވުމެއް މޮރިޝަސްއާއެކު ހަދާ ގޮތަށް ނިންމައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން މޮރިޝަސް އަށް އަހަރަކު 200 މިލިއަން ޕައުންޑް ދޭ ގޮތަށް އޮތީ ޕްލޭންކޮށްފަ އެވެ.
އަލަށް މިނިސްޓްރީތަކާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ފޮރިން މިނިސްޓަރާއި ޑިފެންސް މިނިސްޓަރުގެ ނިންމެވުމުގެ ސަބަބުން މި ވަގުތަށް ޗާގޯސް ހަވާލުކުރުމުގެ މަސައްކަތް ހުއްޓުމަކަށް އަންނާނެ އެވެ. ޚަބަރުތައް ބުނާ ގޮތުގައި އެމެރިކާ އިން ވެސް މި ރަށްތައް ދޫކޮށްލާކަށް އެއްބަހެއް ނުވެ އެވެ.
މުއިއްޒުގެ ވެރިކަމުގައި އިންޑިއާ ސިފައިން ބޭލުމުގެ ކަންކަން ދާނީ ގޯހުން ގޯހަށް އެކަން ދާނީ އާންމު ރައްޔިތުންނަށް ވަރަށް ބޮޑެތި އޮޅުވާލުމެއްގެ ތެރޭންނޭ ތިޔާ ކޯރ ގްރޫޕްގައި ހިމެނޭނީ މުއިއްޒު ޕާރޓީ ކުރިއަރުވާ މީހުން ރާއްޖޭގެ ފަރާތުން ދެން އިންޑިއާ އާއި ގުޅިގެން ކަޓްކެއުން އޮންނާނީ ބަލަން ތިބެއްޗޭ މިނޫން ގޮތެއް ވާނެތޯ މިހާރު މުއިއްޒު އެއުޅެނީ ބޮޑު އޮޅުވާލުމެއްގެ ތެރޭން އިންޑިއާ ސިފައިން މިތާ ބައިތިއްބަން ރައީސް ޔާމީނަށްވެސް އޮޅުވާލި ގޮތަށްމިކަން އޭނާ
އޭ ޗާގޯސް އެއީއަހަރުމެންގެ ތަނެއް. ވިއްކާލާފައޮތީ. ތިތަން ލިބެންވާނީ އަހަރުމެންނަށް.