ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެންބަރު ކަމަށް ރައީސް މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި މެންބަރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވައިފި އެވެ.

ރައީސް މުއިއްޒު ވަނީ ޕީސީބީގެ ބޯޑަށް ފަސް މެންބަރަކު އައްޔަން ކުރައްވާފަ އެވެ. އަދި އެބޯޑުގެ ރައީސް ކަމަށް އައްޔަން ކުރައްވާފައިވަނީ ހަމްދީ އަގީލް އެވެ.

ޕީސީބީއަށް ރައީސް އައްޔަންކުރެއްވި މެންބަރުން:

  • އެ ބޯޑުގެ ރައީސަކަށް: ހަމްދީ އަގީލް
  • އެކައުންޓިން އެންޑް ފައިނޭންސް ގެ ދާއިރާއިން: އަޙްމަދު މުޝްތާގު
  • ބޭންކިންގެ ދާއިރާއިން: ލީނާ އަބްދުލް ޖަލީލް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން: އަލްއުސްތާޒު މޫސާ ފަތުހީ އާދަމް
  • އިކޮނޮމިކްސްގެ ދާއިރާ: ހަސަން ޒަރީރު

މި ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ އެސްއޯއީ ކޮމެޓީ އަށް މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ ފޮނުވައިފަ އެވެ.

އެ ބޯޑުގެ ޖުމްލަ މެންބަރުންގެ އަދަދަކީ ހަތަކެވެ. ފަސް މެންބަރަކު އަލަށް އައްޔަން ކުރައްވާފައިވާއިރު އެ ބޯޑުގައި ދައުރު ހަމަނުވެ އިންނެވީ ނައިބު ރައީސް މުހައްމަދު ފިރާޒް އެކަންޏެވެ.