ސ. ގަމުގެ 15 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގެންފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ މަސްބޯޓު އެ ސަރަހައްދުގައި ހަރަކާތްތެރިވާކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެސް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން ގެ އެފްއައިސީ "ކާމިޔާބު" ހަރަކާތްތެރިވާން ފެށި ކަމަށެވެ.
އާޒިމް ވިދާޅުވީ އެ ބޯޓާ ބެހޭ މައުލޫމާތު ލިބުނީ މިއަދު 14:227 ހާއިރު ކަމަށެވެ. އެ ހަބަރު ކޯސްޓްގާޑަށް ދިނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ސ. މަރަދޫ ރަސްކުރި މަސްދޯނިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އެއީ ލަންކާގެ މަސްބޯޓެއް ކަމަށާއި އެ ބޯޓުގައި ފަސް ފަޅުވެރިން ތިބި ކަމަށެވެ.
އެ ފަސް މީހުންނަކީވެސް ލަންކާ މީހުންނެވެ.

"ހިޝާންގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަަށް ކުއްޖަކު ނުބުނޭ"
ރޯދަ ވީއްލުމަށް ފިނިބުއިމެއް ރަނގަޅެއް ނޫން!
"ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ ބޭނުންވާ ހަމައެއް ނޫން"
