ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން މުޅި ރާއްޖެއިން 121 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 102 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި ހަތަރު މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހެކެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 16،276 އެވެ. މިހާތަނަށް 14،337 މީހުން މި ބަލިން ރަނގަޅުވެފައި ވެ އެވެ.

މިވަގުތު މި ބަލީގެ އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދަކީ 1،879 އެވެ. އޭގެ ތެރެއިން 178 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.

މި ބަލީގައި މިހާތަނަށް 53 މީހަކު ވަނީ މަރުވެފަ އެވެ. މިއަދު ވެސް ވަނީ އުމުރުން 70 އަހަރުގެ މީހަކު މަރުވެފަ އެވެ.