ބިގްބޮސް 14 ކާމިޔާބުކުރި ރުބީނާ ޑިލަކް އޭނާގެ އަލަތު ދަރިން ވިހައިފިކަން އޭނާގެ ފިޓްނަސް ޓަރެއިނާ ކަށަވަރު ކޮށްދީ އިއުލާން ކޮށްފި އެވެ.
އިންސްޓަގްރާމްގައި ޖްޔޯތީ ހިއްސާކުރި އެ ޕޯސްޓުގައި އޭނާ ވަނީ ރުބީނާއާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް އަންހެން ދެ ކުދިން ލިބުނީތީ މަރުހަބާ ކިޔާފަ އެވެ.
އެހެން ނަމަވެސް އޭގެ ފަހުން އޭނާ ވަނީ އަންހެން ކުދިންގެ ވާހަކަ ޕޯސްޓުން ނަގައި ހަމައެކަނި "މަރުހަބާ" ޖެހުމަށްފަހު ޕޯސްޓު އެޑިޓް ކޮށްފަ އެވެ.
ރުބީނާ ވަނީ މީގެ ކުރިން އޭނާއަށް ލިބެން އުޅެނީ އެއްމާބަނޑު ދެބެން ކަން އިއުލާން ކޮށްފަ އެވެ. ބަނޑުބޮޑު ވީއްސުރެ އޭނާ އަންނަނީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރިކޮށް އުޅެމުންނެވެ.
އޭގެ އިތުރުން ވެސް ރުބީނާ އޭނާގެ ފިރިމީހާ އަބީނާވް ޝުކްލާއާއެކު ނަގާފައިވާ މެޓާނިޓީ ފޮޓޯޝޫޓުގެ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.
ރުބީނާ އާއްމުންގެ މެދުގައި މަޝްހޫރު ވެފައިވަނީ ޒީޓީވީއިން ދެއްކި ޗޯޓީ ބަހޫއާއި ބިގްބޮސް އަދި ޖަލަކް ދިކަލާޖާ ފަދަ ޝޯތަކުންނެވެ.

ވޯޓާ ގުޅޭ ގޮތުން އޮޅޭގޮތަށް މައުލޫމާތު ފަތުރާ: އޭޖީ އޮފީސް
އެމްޑީޕީގެ ކެމްޕޭން ބެނާތައް ނަގައި އެޗްޑީސީން ހަލާކުކޮށްލައިފި
ބައްސާމް 24 ގަޑިއިރު ނުވަނީސް އަނބުރާ ޖަލަށް ބަދަލުކޮށްފި