މި އަހަރުގެ މިހާތަނަށް ސްރީލަންކާގައި ޖުމްލަ 72,430 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ޤައުމުގެ ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް މުޅި ޤައުމުން އަލަށް 1,195 މީހަކަށް ވަނީ ޑެންގީ ޖެހިފަ އެވެ. މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ ގަމްޕަހާ އަދި ކޮލަމްބޯ ޑިސްޓްރިކްޓުގަ އެވެ.
މި ޖުލައި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެކަނިވެސް، އެ ޤައުމުގެ އެކި ސަރަހައްދުތަކުން 17,051 މީހަކަށް ޑެންގީ ޖެހިފައިވާކަން ވަނީ ރެކޯޑުކުރެވިފަ އެވެ.
ލަންކާގެ އެކި ކަންކޮޅުތަކުގައިވާ 175 ސިއްހީ ސަރަހައްދެއް އަދިވެސް ބެލެވެނީ ޑެންގީ ހުން ފެތުރުމުގެ ނުރައްކާ ބޮޑު ސަރަހައްދުތަކެއްގެ ގޮތުގައި ކަމަށް ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، ސްރީލަންކާގައި ޑެންގީ ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 49 އަށް އަރާފަ އެވެ.
އާމިރުއާ ދެކޮޅަށް އާއްމުކުރި ފަތުވާއަށް އޭނާ ރައްދު ދީފި
12،000 އަށް ވުރެ ގިނަ ބިދޭސީން ފޮނުވާލައިފި
ޓްރަމްޕްގެ ތުހުމަތުތަކުން އެމެރިކާއާއި ޗައިނާގެ ގުޅުން ގޯސްވެދާނެ