ބޮލީވުޑްގެ ތަރި ސަންޖޭ ދަތު ވަނީ އޭނާގެ އަންހެނުން މަނާޔަތާ ދަތް އަށް 100 ކްރޯޑް ރުޕީސްގެ އަގުހުރި ހަތަރު ފްލެޓް ހަދިޔާކޮށްފަ އެވެ. ނަމަވެސް އޭގެ ހަފްތާއެއް ފަހުން މަނާޔަތާ ވަނީ އެ ފްލެޓްތައް އަނބުރާ ރައްދުކޮށްފަ އެވެ.
ސަންޖޭ ދަތު ގަތް ފްލެޓްތައް ހުންނަނީ ޕާލީ ހިލްގައި ހުންނަ އިމްޕީރިއަލް ބިލްޑިންގަ އެވެ. މިއީ ބޮލީވުޑްގެ ގިނަ ތަރިން ދިރިއުޅޭ އިމާރާތެކެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ ހަތަރު ފްލެޓްގެ ތެރެއިން ދެ ފްލެޓް ހުންނަނީ ތިންވަނަ އާއި ހަތަރުވަނަ ފަންގިފިލާގަ އެވެ. އަދި 11 އާއ 12 ވަނަ ފަންގިފިލާގައި ހުންނަނީ ޕެންޓްހައުސް އެވެ.
މިކަމާ ގުޅޭގޮތުން ގާނޫނީ މާހިރަކު ބުނެފައިވަނީ އާއިލާ މީހުން އެކަކު އަނެކަކަށް ހަދިޔާ ދިނުމަކީ އާންމުކަމެއް ނަމަވެސް ލިބޭ ހަދިޔާތައް އަނބުރާ ދިނުމަކީ އޮންނަ ކަމެއް ނޫން ކަމަށެވެ. އަދި އެ ފްލެޓްތައް އަނބުރާ ދޭން ޖެހުނީ ޓެކްސް ރީސްޓްރަކްޗަރިންގެ ސަބަބުން ކަމަށް ވުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެ އެވެ.
ނިއުކްލިއާ ޕްރޮގްރާމް ހުއްޓާނުލާނަމަ އީރާނަށް ލުޔެއް ނެތް: ރޫބިއޯ
ހެނދުނާއި ހަވީރުގެ ސައިން ސިއްހަތާއި ނިންޖަށް ކުރާ އަސަރު!
ދިރާގަށް ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2026ގެ ޓެލްކޯ އޮފް ދަ އިޔާ
