ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބޮލީވުޑް ތަރި ސަލްމާން ޚާންގެ 58 ވަނަ އުފަން ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފި އެވެ.
އުފަން ދުވަސް ފެށުމުގެ ގޮތުން އިއްޔެ ރޭ ސަލްމާން ވަނީ އޭނާގެ ގާތް އެކުވެރިންނާއި އާއިލާއާއެކު ކޭކެއް ފަޅައި ކުޑަ ޕާޓީއެއް ބާއްވާފަ އެވެ.
އޭގެ އިތުރުން އިއްޔެގެ މުޅި ދުވަހުގެ އެކި ވަގުތުތަކުގައި ސަލްމާން ވަނީ ދާއިރާގެ އެކުވެރިންނާއި އެނޫންވެސް ދަންނަ ފަރާތްތަކާއެކު އުފަންދުވަސް ފާހަގަ ކޮށްފަ އެވެ.
ސަލްމާންގެ އުފަން ދުވަހާ ގުޅިގެން އޭނާއަށް ސަޕޯޓުކުރާ އެތައް ހާސް ބަޔަކު ވެސް ވަނީ އިއްޔެގެ އެކި ވަގުތުތަކުގައި އޭނާ ދިރިއުޅެމުން އަންނަ ގެ ކައިރިއަށް އެއްވެފަ އެވެ.
1965 ވަނަ އަހަރުގެ ޑިސެމްބަރު މަހު 27 ވަނަ ދުވަހު އުފަންވި ސަލްމާންއަކީ ބޮލީވުޑްގެ ނުފޫޒުގަދަ އާއިލާއެއްގެ ދޮށީ ދަރި އެވެ.
އޭނާއަކީ 1989ން ފެށިގެން މިއަދާ ހަމައަށް ވެސް ބޮލީވުޑްގެ ކާމިޔާބު ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރި ވެފައިވާ ހުނަރުވެރި އެކްޓަރެކެވެ.
ދިރާގުން އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ރަނުގެ ފުރުސަތު!
އަކްޝޭ "ދްރިޝްޔަމް 3"ން ވަކިވެއްޖެ
ކުއްޖަކު މަރާލި17 އަހަރުގެ ކުއްޖާ 13 އަހަރަށް ބަންދުކުރަން ހުކުމް