އިއްޔެ ބޭއްވި މާލޭ ސިޓީގެ މޭޔަރުގެ ބައި އިލެކްޝަނުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރު ބޮޑުތަފާތަކުން ބަލިކޮށް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އިންތިހާބު ކާމިޔާބުކޮށްފި އެވެ.

ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރާ ވާދަކުރައްވައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާޒިމް 2،500 ވޯޓަށް ވުރެ ގިނަ ވޯޓުގެ ތަފާތުން ކުރި ހޯއްދެވި އެވެ.

އެމްޑީޕީގެ ކެންޑިޑޭޓް އާޒިމް އިންތިހާބު ކާމިޔާބު ކުރައްވާފައި މިވަނީ ސަރުކާރުގެ ކެންޑިޑޭޓް އާޒިމާ ހޮވައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައި ވަނިކޮށެވެ.

މޭޔަރަކު ހޮވުމުގައި މާލޭގެ ރައްޔިތުން ރިސްކެއް ނުނެގުމަށް ވެސް ރައީސް މުއިއްޒު އިލްތިމާސް ކުރައްވާފައިވެ އެވެ.

ސޯލިހު، މުއިއްޒަށް މަޖިލިސް އިންތިހާބުގައި ވޯޓު ބޭނުންނަމަ ގޯއްޗާއި ފްލެޓް ހަވާލުކުރޭ

މާލޭގެ މޭޔަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށް ސަލްޓަން ޕާކްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ މާލޭ ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނީ ސަބަބެއް ނެތިއެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމަށް އައުމަށް އޮޅުވާލި އޮޅުވާލުންތަކާއި ހެދި ދޮގުތައް މިއަދު ފަޅާއަރާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޗައިނާ ދަތުރަށް ފަހު ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އިންޑިއާ އަށް

ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރު ނިންމާލެއްވުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާ ކަނޑުގައި އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް އެއް ގައުމަށް ރާއްޖެ ވާނެ ކަމަށެވެ. އަދި މި ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫންކަން ފާހަގަކުރައްވައި މި ކަނޑަށް އައްސޭރިވާ ހުރިހާ ޤައުމަކަށް ވެސް މިކަނޑުން ހިއްސާ އޮންނާނެ ކަމަށާއި، އަދި އެއްވެސް ގައުމަކަށް ނިސްބަތްނުވާ މިކަނޑުގެ ސަރަހައްދު ވެސް ބޮޑުކަމަށް ރައީސް ވިދާޅުވި އެވެ.

އިންޑިއާގެ ބޭހަށް ބަރޯސާވުން ކުޑަކޮށް، އެހެން ގައުމުތަކަށް އާސަންދަ ލިބޭ ގޮތް ހަދަނީ

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު އިއްޔެ މާލެއަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ

މިދިޔަ ހުކުރު ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ ސަރަހައްދަށް

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލެ ސަރަހައްދަށެވެ. މާލެއަށް 159.3 މިލިމީޓަރު, ހުޅުލެއަށް 143.4 މިލިމީޓަރު އަދި ހުޅުމާލެއަށް 105.4 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރިކޯޑް ކުރެވިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުންޏެވެ.